ފ. ފީއަލީގެ ކަންނެލި މަސްވެރިކަން ދޯންޏަކުން ހަތް ކިލޯގެ މާވަހަރެއް ހޮވައިފި އެވެ.
އެ ރަށު "މަސްނާރު" ދޯނިން އެ މާވަހަރު ހޮވީ މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ދ. ހުޅުދެލީ ހަ މޭލު ބޭރުންނެވެ.
"މާވަހަރު ފެނުނީ ދޯނީގެ ކައްޕިއަށް. މަސްވެރިކަން މިހާ ދަށް ދުވަސްވަރެއްގައި މިވަރުގެ މާވަހަރެއް ލިބުމަކީ ވެސް އެއީ ވަރަށް ބޮޑު ނަސީބެއް،" އެ ދޯނީގެ ފަރާތުން ވާހަކަދެއްކި މީހަކު ބުންޏެވެ.
އެ ދޯނިން މާވަހަރު ހޮވިއިރު 12 މީހުން ތިއްބެވެ.
މަސްނާރު ދޯނިން ވާހަކަދެއްކި މީހާ ބުނީ މާވަހަރު ގަންނަން ޝައުގުވެރިވެގެން ދެ ބަޔަކު ބަލަން ދިޔަ ކަމަށެވެ. އަދި ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް އެ މާވަހަރު ވިއްކާލަން ކަމަށް ވެސް އޭނާ ބުންޏެވެ.
މިއަހަރުގެ މިހާތަނަށް ފަތުރުވެރިން އެންމެ ގިނައިންއައީ ޗައިނާއިން
"އެޗްޑީސީން މުވައްޒަފުން ވަކިކުރަނީ ނޯޓިސް ވެސް ނުދީ"
ފޭސް 3 ގައި 1000 ފްލެޓް އަޅަން ފަސް ކުންފުންޏަކާ ހަވާލުކޮށްފި
ވިސްނުންތެރިކަމާއިއެކު ރަގަޅު އަގު ހޯދޭތޯ މަސައްކަތް ކުރާށެވެ.