ދިވެހިންގެ ތެރޭގައި ޑައިޓް ކުރުމަކީ އާއްމު ކަމެކެވެ. އެހެންނަމަވެސް ޑައިޓް ކުރުމުގައި ކަސްރަތާއެކު ކެއުން ގެންގުޅެންވީ އުސޫލު ގިނަ ފަރާތްތަކަކަށް ނޭނގެ އެވެ.
ޑައިޓެއް ފަށައިގެން ތިމާގެ ހަށިގަނޑު ބޭނުން ވާ ބައްޓަމަށް އަންނަދެން ވަކި އުސޫލަކުން ކެއުމާއި ކަސްރަތު ގެންދަން ޖެހެ އެވެ. އެގޮތުން ޑައިޓް ކުރުމުގައި ފަސޭހަ ގޮތްތަކެއް ހިމަނާލާނަމެވެ.
ކާ އިރު ގިނައިން ހެފުން
މަދުން ކޭ ކަމުގައި ވިއަސް އަވަސް އަވަހަށް ކުޑަކޮށް ހަފައިގެން ކެއުންމަކީ ތިބާ ބަރުދަން އިތުރުވާ ކަމެކެވެ. އެހެންކަމުން ގިނައިން ހެފުމަކީ ބަރުދަން ލުއިކޮށްދޭ، ކާނާ ފަސޭހައިން ހަޖަމްކޮށްދޭ ކަމެކެވެ. އަދި ކެއުން މަދުކުރަން ބޭނުންވާ ނަމަ ގިނައިން ހެފުމަކީ ކެއުމުގެ މިންވަރަށްވެސް ބަދަލު ގެނެސްދޭ ކަމެކެވެ.
ޗޮކްލެޓްވެސް ކެވިދާނެ
އާއްމުކޮށް ހީކުރެވިފައި އޮންނަ ގޮތާ ޚިލާފަށް ޑައިޓު ކުރާއިރު ވަކި މިންވަރަކަށް ޗޮކްލެޓްވެސް ކެވޭނެއެވެ. ހާއްސަކޮށް ޑާކް ޗޮކްލެޓަކީ ފައިދާ ހުރި އެއްޗެކެވެ. އެހެންނަމަވެސް ޗޮކްލެޓް ކާއިރު މާ ގިނައިން ކެވޭނަމަ ނުވަތަ ކާހިތް ވާނަމަ ކުދި ޗޮކްލެޓް ބޭނުން ކުރެވިދާނެ އެވެ.
ކަސްރަތު ކުރުމަށްފަހު ކެއުން.
ދިރާސާތަކުން ބުނާ ގޮތުގައި ތިމާ ކެއުމުގައި ބޭނުންކުރާ ޕްރޮޓީން 1 ގްރާމް ހަމަޖްވާން ގާތްގަނޑަކަށް 1 ގަޑިއިރު ނަގަ އެވެ. އެހެންކަމުން 25 ގްރާމް ޕްރޮޓީން ތިމާގެ ހަށިގަނޑުގައި 25 ގަޑިއިރު ވަންދެން ހުރެ އެވެ. އެހެންކަމުން ކަސްރަތު ކުރާއިރު އެކަމުގެ އަސަރު އެެންމެ ފަސޭހައިން ކުރާނީ ކެއުމުގެ ކުރިން ކަސްރަތު ކުރުމުންނެވެ. އެކުމުގެ ފަހުން ކަސްރަތު ކުރާނަމަ ކެއުމަށްފަހު މަދުވެގެން 6 ގަޑިއިރު ފަހުން ކަސްރަތު ކުރާށެވެ.