ބޮލީވުޑް އެންމެ މަޝްހޫރު އެއް ޖޯޑު، އައިޝްވަރްޔާ އާއި އަބީޝެކް ބައްޗަން އަދި ދަރިފުޅު އަރަދިޔާ ޗުއްޓީއަށް އަނެއްކާ ވެސް ރާއްޖެއަށް އަތުވެއްޖެ އެވެ.

މިއީ އެއްމަސް ތެރޭގައި އެ ދެ މީހުން ރާއްޖެއައި ދެވަނަ ފަހަރު ކަމަށްވެ އެވެ.

އައިޝްވަރްޔާ އަންނަނީ އެ މީހުން މިފަހަރު ޗުއްޓީ ހޭދަކުރާ، ބ. އަމިއްލަ މޯލްޑިވްސްގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ. އެ ރިސޯޓުގެ އަތިރިމަތީގެ ރުއްތަކެއްގެ ފޮޓޯ ޝެއާކުރަމުން ކެޕްޝަންގައި "އިރު، ކަނޑުން އަންނަ ވައިރޯޅި އަދި ސުވަރުގެ" ކަމަށް ލިޔެފައިވެ އެވެ.

https://www.instagram.com/p/CWPtiEqvrho/

އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވަނީ އައިޝްވަރްޔާ އާއި އަބީޝެކް ބައްޗަން އަދި ދަރިފުޅު ރާއްޖެއަށް އައީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި އެ ދެ މީހުން މުމްބާއީގެ އެއާޕޯޓުން ފެނިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އައިޝްވާރިޔާ ހުރީ ކަޅު ކުލައިގެ ގަމީހަކާއި ޖީންސެއް ލައިގެން ހުރިއިރު، އާރަދިޔާ ހުރީ ގަޔާ ކައިރިކޮށްލައިގެންނެވެ. އަދި އަބީޝޭކް ހުރީ ޑެނިމް އާއި ހޫޑީގަ އެވެ. ޓިލަކް އެއް ބޮލުގައި އޮތްތަން ވެސް ފެނިފައިވެ އެވެ.

https://www.instagram.com/p/CWPsbR7rVDS/

އައިޝްވާރިޔާގެ އުފަންދުވަސް ފާހަގަކުރުމަށް އެ މީހުން ވަނީ މިމަހުގެ ކުރީކޮޅު ވެސް ރާއްޖެ އައިސްފަ އެވެ. އެކަމަކު އެ ފަހަރު ޗުއްޓީ ނިންމާލާފައި މުމްބާއީއަށް ދިޔައީ ހިންދޫންގެ ދިވާލީ މުނާސަބަތު އާއިލާއެކު ފާހަގަކުރުމަށް ކަމަށްވެ އެވެ.

އައިޝްވާރިޔާއެކު ގޮނޑުދޮށުން ޕޫލް ފެންނަ ފޮޓޯއެއް ހިއްސާކުރަމުން އަބީޝޭކް ވެސް ވަނީ އިންސްޓަގްރާމްގައި "ހެޕީ ބާތްޑޭ އަނބިމީހާ! ވަރަށް ބޮޑަށް ޝުކުރިއްޔާ، ކަލާއެކު މިހިރީ. އަހަރެމެން ފުރިހަމަވީ ކަލާޔާ ހެދި. އަހަރެމެން ވަރަށް ލޯބިވޭ....."

ރާއްޖެއަށް އިންޑިއާއިން އާއި އެނޫން ވެސް ގިނަ ގައުމުތަކުން ޓޫރިސްޓުން މި ދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރެ އެވެ.