މޫނަކީ ތިމާގެ ބުރުސޫރެ ދައްކައިދޭ އެންމެ މުހިއްމު އެއް ގުނަވަނެވެ. މޫނު ރީތިކޮށް ބެހެއްޓުމަށް އެތައް ބައިވަރު މަސައްކަތެއް ކުރާއިރު ވެސް، ހައްލު ކުރަން އުނދަގޫ އެއްކަމަކީ ބިހި ނެގުމެވެ. މޫނުގެ އެކި ހިސާބުގައި ބިހި ނަގަނީ އެެތެރެ ހަށީގެ ގުނަވަންތަކުގައި މައްސަލަ އުޅޭތީ އެވެ. ނުވަތަ އެ ގުނަވަންތަކަށް ބޭނުންވާ ރަގަނޅު ކާާނާ ނުލިބި މާގިނައިން ތައްޔާރީ ކާނާ ބޭނުން ކުރެވޭތީ އެވެ.

އެގޮތުން މޫނުގެ އެކި ހިސާބިގައި ބިހި ނަގާ ސަބަބު ބަލާލަމާ ހެއްޔެވެ.

ނިއްކުރި

ނިއްކުރީގައި ބިހި ނަގަނީ ހަޖަމް ކުރާ ނިޒާމްގައި މައްސަލަ އުޅޭތީ އެވެ. ހާއްސަކޮށް ތެޔޮގިނަ ކާނާ ބޭނުން ކުރުމުން ހަޖަމް ކުރުމަށް އުދަނގުވެއެވެ. މި ފަދަ މައްސަލައެއް އެޅޭނަމަ، ގިނައިން އެންޑިއޮކްސިޑެންޓް ކާނާ ބޭނުން ކުރާށެވެ. މިސާލަކަށް، ގްރީން ޓީ، ލުނބޯ ފަނި، ނުވަތަ ބެރީސް ގިނައިން ކާށެވެ.

ނިއްކުރީގެ ތިރި ބުމަ ކައިރި

ބުމަ ކައިރީގައި ނުވަތަ ނިއްކުރީގެ ތިރީގައި ބިހި ނަގަނީ މާ ގިނައިން ވިސްނާ ހަމައަށް ނިދި ނުލިބޭތީ އެވެ. ސްޓްރެސް ނުވަތަ ޑިޕްރެޝަންގެ ސަބަބުން ވެސް މިހެން ދިމާވެ އެވެ. މިހެން ދިމާވާނަމަ އަވަހަށް ނިދުމަށް އާދަ ކުރާށެވެ. އަދި ނިދުމުގެ ކުރިން ހިތްހަމަ ޖައްސާލުމަށް ކޮންމެވެސް ކަމެއް ކުރެވިދާނެ އެވެ.

ނޭފަތް

ނޭފަތް ރަމްޒުކޮށް ފެނީ ހިތެވެ. ހާއްސަކޮށް ބްލަޑް ޕްރެޝަރު މަތިވެ އަދި ސްޓްރެސް ވާނަމަ ނޭފަތުގައި ބިހި ނަގައެވެ. އެހެންނަމަ ހިތްހަމަޖެހޭނެ ފަދަ ކަމެއް ކުރެވިދާނެ އެވެ.

ބުމަ

ބުމައިގައި ބިހި ނަގަނީ ޗިސްމޭގައި މައްސަލަ އުޅޭތީ އެވެ. މާ ގިނައިން ސަރުބީ ހިމެނޭ ކަނާ، ނުވަތަ ރާ ހިމެނޭ ބުއިންތައް ބޭނުން ކުރާނަމަ ލިވާރ ގައި މައްސަލަ ޖެހެއެވެ.

ކޯ

ކަނާތް ފަރާތު ކޮލުގައި އަދި ވާތް ފަރާތު ކޮލުގައި ބިހި ނަގަނީ ދެ ސަބަބަކާހުރެ އެވެ. ވާތް ފަރާތު ކޮލުގައި ބިހި ނަގަނީ ފުއްޕާމޭ ގައި މައްސަލަ އުލޭތީ އެވެ. އެލާޖީއެއްގެ ސަބަބުން ނުވަތަ މާގިނައިން ދުންފަތުގެ އިސްތިއުމާލު ކުރުމުން ވެސް ކޮލުގައި ބިހި ނެގުމުގެ ފުރުސަތު ބޮޑުވެ އެވެ.

ތުންފަތް ކައިރި އަދި ދަތްދޮޅި

ތުންފަތް ކައިރީގައި ނުވަތަ ދަތްދޮޅީގައި ބިހި ނަގަނީ ބަނޑުގެ މައްސަލަ އުޅޭތީ އެވެ. ވީމާ ތައްޔާރީ ކާނާ ދޫކޮށްލާ ފައިބާ ލިބޭ ކާނާތައް ގިނައިން ބޭނުން ކުރާށެވެ. އެގޮތުން މޭވާ އާއި ތަރުކާރީ ގިނައިން ހިމެނޭ ކާނާ ބޭނުން ކުރާށެވެ.