ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފު މައްސަލައިގެ އިތުރު އަޑުއެހުމެއް ބުރާސްފަތި ދުވަހު ބޭއްވުމަށް ސްޕްރީމް ކޯޓުން ނިންމައިފި އެވެ.
މި މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ މި އަހަރުގެ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުގަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހުގެ ފަސްވަނަ ދުވަހު ވަނީ ނިންމާލާފާ އެވެ. އެދުވަހު އޮތް އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެފައިވަނީ އިތުރު ކަމެއް އޮޅުންފިލުވަން ނެތްނަމަ އެ އަޑުއެހުމަކީ އެ މައްސަލާގައި ބާއްވާ ފަހުގެ އަޑުއެހުން ކަމަށާއި ދެން އޮންނަނީ ހުކުމްކުރުން ކަމަށެވެ.
އެހެން ނަމަވެސް އަންނަ ބުރާސްފަތި ދުވަހު އިތުރު އަޑު އެހުމެއް ބާއްވަނީ ވަކީލުންގެ ފަރާތުން ހުށަހެޅި ކަމަކާ ގުޅިގެން ކަމެއް ސާފު ކުރުމަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ސުޕްރީމްކޯޓް ރިސެސްއަށް ދިޔުމުގެ ކުރިން މައްސަލަ ނިންމާ ހުކުމްކުރާނެކަންވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާންކޮށްފަ އެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ދޫކުރި ގއ. ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އެއް މިލިއަން ޑޮލަރު ހޯއްދަވާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާގެ އަސްލު އޮޅުވާލި ކުށް ސާބިތުވުމުންނެވެ.
ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
ރ ޔާމީނުގެމައްޗަށް ކުށެއް ސާބިތެއްނުވޭ އެކަމަކުވެސް މިފަސްއަހަރު ބަންދުކޮށްފައި ބަހައްޓަން މަޖުބޫޔޯ އެހެންވީމަ ބަންދުގައި އެހުރީ އަނެއްކަވެސް އިތުރު އަޑުއެހުން ބާއްވައިގެންވެސް ބަންދުގައި ބެހެއްޓޭނެ ގޮތެއްއޮތްތޯ ބަލަން ޖެހޭ
ރޔާމީންގެ މައްޗަށް ކުށް ސާބިތެއްނުވޭ ރޔާމީންގެ ޖާނީ ދުޝްމިނުންތަކަކަށް ބިރު ދައްކާ އެމީހުންގެ ޖަލު ހުކުމްތައް ބާތިލު ކޮށް އެމީހުނގެ ބޮލަށް ސަވާރު ވެގެން ގަދަކަމުން ހެކި އުފައްދައިގެން މި އަނިޔާވެރި ވެރިކަމުން ގަދަބާރުން ކުރުވި ކަމެއް އެ އީ
ކޯޓުން އަޑުއެހުން ނިންމި ކަމަށް ބުނެ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ބުނެ، އެއަށް ބަދަލުގެނައުމުން އެގެނީ ބައްކައްކާ ކުޅެނީކަން، ގުދޯ ގުދޯ ކިޔަނީ