އަހަރުމެންގެ ދިރިއުޅުމުގެ އާދަކާދަ ހުންނަ ގޮތުން ލޮލަކީ ވަރަށް ބާރުބޮޑުވާ ގުނަވަނެކެވެ. ނިދުން މަދުވުމާއި ގިނަ ވަގުތު ސްކްރީންތަކުގެ ކުރިމަތީގައި ހޭދަ ކުރަން ޖެހުމުން ލޮލުގެ ތާޒާކަން ގެއްލި މިލާގޮތްވެ އެވެ. މި ލިޔުމުގައި މި ބަލާލަނީ ލޮލަށް ތާޒާކަން ގެނުވައިދީ ރީތިކޮށްދޭނެ ބައެއް ބާވަތްތަކަށެވެ.

ފިނިފެން

ފިނިފެން ނުވަތަ ރޯޒްވޯޓާއަކީ ހަންގަނޑަށް އާރޯކަން ގެނުވައިދީ ތާޒާކޮށްދޭނެ އެއްޗެކެވެ. ހަދަން ޖެހޭނެ ގޮތަކީ ފިނިފެނުން ކަފަކޮޅެއް ތެންމާލުމަށްފަހު ލޯމަތިގައި ބާއްވައިގެން 15 ވަރަކަށް މިނިޓްވަންދެން އޮންނާނީ އެވެ. މިހެން ހެދުމުން ލޮލަށް އަރާމުކަން އިހުސާސްކުރެވި ލޮލުގައި ހުންނަ ވަރުބަލިކަން ކެނޑޭނެ އެވެ.

ސައިފަތް

ބޭނުންކޮށްފައި އޮތް ސައިފަތް ޕެކެޓެއް ނުވަތަ ދެ ޕެކެޓް އައިސް އަލަމާރީގައި ފިނިކޮށްލުމަށް ފަހު، ލޯ މަތީގައި ބާއްވާލައިގެން 15 ވަރަކަށް މިނިޓްވަންދެން އޮންނާނީ އެވެ. މީގެ ސަބަބުން ޑާކް ސާކަލް ފިލުމާ އެކު، ލޯ ކައިރީގެ ހަންގަނޑު ރީތިވެ އެވެ.

ކިއުކަމްބާ

ލޮލުގެ ވަށައިގެން ކަޅުވުމުގެ މައްސަލަ އަށް ފަރުވާ ހޯދަން ވަރަށް ގިނަ މީހުން ކިއުކަމްބާ ބޭނުންކުރެ އެވެ. ހަމަ އެގޮތަށް ކިއުކަމްބާގެ ތޮށި މަށައިލުމަށް ފަހު ގާނާފައި ބައިގަޑިއެއްހާ އިރު ވަންދެން އައިސްއަލަމާރީގައި ބަހައްޓާށެވެ. އެއަށް ފަހު ލޯމަތީގައި 15-20 މިނިޓްވަންދެން އުނގުޅައިގެން އޮތުމަށް ފަހު، ފިނި ފެނުމުން ދޮވެލުމުން ލޮލަށް ތާޒާކަން އަންނާނެ އެވެ.

އަލުވި

އަލުތްވަކީ ވެސް ހަމަ ލޮލުގެ ތާޒާ ކަމަށް ބޭނުންކުރެވޭ އެއްޗެކެވެ. ތޮށި މަށައި ގާނާލުމަށް ފަހު، ފްރިޖްގައި ވިއްސަކަށް މިނެޓް ބެހެއްޓުމަށް ފަހު ލޯ މަތީގައި އުނގުޅާފައި 10 ވަރަކަށް މިނިޓްވަންދެން ބަހައްޓާށެވެ. އެއަށް ފަހު ދޮވެލާނީ އެވެ. މިހެން ހެދުމުން ޑާކް ސާކަލްސް ފިލައި، ލޮލުގައި ހުންނަ ދުޅަކަން ވެސް ފިލާނެ އެވެ.