މިއަދުން ފެށިގެން 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
ޕާސްޕޯޓް ހައްދަން 24 ގަޑިއިރު ހުށަހެޅޭ ގޮތަށް އިމިގްރޭޝަނުން ހަދާފައިވާއިރު، ޕާސްޕޯޓު ހައްދަން އެދި ހުށަހަޅަން ޖެހޭނީ އިމިގްރޭޝަންގެ "އިމުގާ" ޕޯޓަލް މެދުވެރިކޮށެވެ.
އިމިގްރޭޝަންގެ އިމުގާ ޕޯޓަލް އަޕްޑޭޓް މަސައްކަތް މިހާރު ނިމިފައިވާއިރު، އިމިގްރޭޝަނުން ވަނީ މިއަދަށް ފަހު ހަފުތާގެ ހުރިހާ ދުވަހެއްގެ ގަޑިތަކުގައި ވެސް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށް ބުނެފަ އެވެ.
މިގޮތުން ޕާސްޕޯޓަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކުގެ މަސައްކަތްތައް ކުރިއަށްގެންދާނީ އެ ހުށަހަޅާ ތަރުތީބުން ކަމަށާއި، ޕާސްޕޯޓު ހެއްދުމަށް ފައިސާ ދައްކާތާ 24 ގަޑިއިރު ތެރޭގައި ޕާސްޕޯޓު ދޫކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
އިމިގްރޭޝަނުން އޮންލައިންކޮށް "އިމުގާ" އިން ޕާސްޕޯޓަށް ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ. މި ހިދުމަތާއި އެކު އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު ބަލައިގަތުން ހުއްޓާލާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެ އެވެ.
އީރާނާ ގުޅޭ ގޮތުން ޓްރަމްޕް ހައްދަވަނީ ދޮގު: ގާލީބާފް
މި ދުވަސްވަރު ކެއިންބުއިމުގައި ސަމާލުކަން ދޭންވީ ދެތިން ކަމެއް!
ކުޑަކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ބަލަނީ
