ތެހްރާން (24 ނޮވެމްބަރު) - އުމުރުން 17 އަހަރުގައި މީހަކު މަރާލިކަމުގެ ކުށް ސާބިތުވެ މަރުގެ ހުކުމް އިއްވާފައިވާ އީރާނުގެ ޒުވާނަކު އެ ގައުމުގައި ދަންޖައްސައި މަރާލައިފި އެވެ.
އަރްމާން އަބްދުލް އަލީ ނަމަކަށް ކިޔާ 25 އަހަރުގެ މި ޒުވާނާ ދަން ޖައްސާފައި މިވަނީ އޭނާ މަރާލި ކަމަށް ބުނާ އަންހެން މީހާގެ ވާރިސުން އޭނާއަށް މައާފުދޭން ދެކޮޅު ހެދުމުންނެވެ.
2016 ވަނަ އަހަރު ބޭއްވި ޝަރީއަތުގައި އޭނާގެ މައްޗަށް ކުށް ސާބިތުވެ މަރުގެ ހުކުމް އިއްވިއިރު އޭނާގެ އުމުރަކީ އެންމެ 17 އަހަރެވެ. ބުނެވޭ ގޮތުގައި އޭނާ މަރާލާފައިވަނީ އޭރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖާ އެވެ.
ޝަރީއަތްތަކުގައި އަރްމާން ކުށަށް އިއުތިރާފުވެފައި ވީނަމަވެސް ފަހުން އޭނާ ބުނީ ކުށަށް އިއުތިރާފްވީ ބިރުދައްކައިގެން އަނިޔާ ކުރާތީ ކަމަށެވެ.
އަރްމާންގެ ހުކުމް ތަންފީޒުކުރުން މިހާތަނަށް ވެސް ލަސްވެފައިވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތްތަކުން އީރާނަށް ކުރިމަތިކުރުވަމުން ދިޔަ ފިއްތުންތަކުގެ ސަބަބުންނެވެ.
އީރާނަކީ ޗައިނާއަށްފަހު ދުނިޔޭގައި އެންމެ ގިނައިން މަރުގެ އަދަބު ތަންފީޒުކުރާ ގައުމުކަމަށް ހޯދިފައިވާ ތަފާސް ހިސާބުތަކުން ދައްކަ އެވެ. – އަލް އަރަބިއްޔާ
"އެވެންޖާސް: ޑޫމްސްޑޭ: ޑރ. ޑޫމްގެ މާޒީ ދައްކާލައިފި
ގޭތެރޭގެ އިންޓީރިއާ: ޝަހުސިއްޔަތު ދައްކައިދޭ ލޯގަނޑެއް!
އިންޑޮނޭޝިއާއަށް 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް