ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ރަންވޭ ބިޒީވެގެން ފްލައިޓްތައް ޖެއްސުން އެތައް ގަޑިއިރަކަށް ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ފިނި މޫސުމާ ދިމާކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ޓޫރިސްޓުން އަންނަ އަދަދު ވަނީ މިއިން ދުވަހަކު ނުވާހާ މިންވަރަށް އިތުރުވެފަ އެވެ. އެއާއެކު ރާއްޖެއަށް ދަތުރުކުރާ ޝެޑިއުލް އަދި ޗާޓަރު ފްލައިޓްތަކުގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ރާއްޖެއަށް އަންނަ ބައެއް ފްލައިޓްތައް ނުޖެއްސި މަތީގައި ބައެއް ފަހަރު ދެ ގަޑިއިރަށް ވުރެ ގިނައިރު މަޑުކުރަން ޖެހިފައިވެ އެވެ. އެއާއެކު ރާއްޖެ އަންނަ އެއާލައިންތަކާއި ޓޫރިސްޓުން ވެސް ފްލައިޓްތައް ޖެއްސުން ޑިލޭވުމުން ވަރަށް ބޮޑަށް ޝަކުވާކުރެ އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓު ހިންގާ ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު "ހުރިހާ"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ވެލާނާ އެއާޕޯޓް ތޮއްޖެހުމަކީ ހައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެ އެއާޕޯޓު ތޮއްޖެހުމުގެ މައްސަލަ ހައްލުކޮށް މިހާރަށް ވުރެ ރަނގަޅަށް މެނޭޖްކުރެވެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ރަނގަޅު ނުކުރެވޭނެ ކަމެއް ނޫން. ކުރިން ވެސް ރާއްޖެ އައި މިންވަރަށް މީހުން އަންނަނީ. އޭޕްރަންގެ ޖާގަ އިތުރުވެއްޖެ،" އެ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ބޯޑު ޑިރެކްޓަރުކަން ވެސް ކުރިން ކުރެއްވި ނަޒީރު ވިދާޅުވި އެވެ. "ކުރިން މާ ރަނގަޅަށް މި އެއާޕޯޓު މެނޭޖްކުރި. މިހާރު ގަޑިއެއްހާއިރު ފްލައިޓެއް ނުޖެއްސި މަތީގައި އޮވެގެން ނުވާނެ."
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ތަމްސީލްކުރާ އެންމެ ބޮޑު ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ފްލައިޓްތައް ނުޖެއްސި އެތައް އިރެއް ވަންދެން މަތީގައި އުދުހި އުދުހި އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ތަސައްވުރު ކިލަނބުވެގެންދާނެ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.
"މީގައި މި އުޅެނީ ރެގިއުލޭޓަރީ މައްސަލަތަކެއް މިހާރު. މި މައްސަލައަކީ އެމްއޭސީއެލް އާއި ސިވިލްއޭވިއޭޝަން ގުޅިގެން ހައްލުކުރެވޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ އެއާޕޯޓުގެ ފްލައިޓް ޑިލޭވުމުގެ މައްސަލަ މުޅިން ހައްލުކުރެވޭނީ އާ ރަންވޭ ބޭނުންކުރަން ފެށުމުން ކަމަށާއި ނަމަވެސް މިހާރު ދިމާވެގެން އުޅޭ މައްސަލަ ވެސް ހައްލުކުރެވޭނެ ކަމަށެވެ.
"އާ ރަންވޭ ބޭނުން ނުކުރެވުނަސް މި ޑިލޭސް އައިސްގެން ނުވާނެ. އެމްއޭސީއެލް އާއި ސިވިލް އޭވިއޭޝަން ގުޅިގެން މަސައްކަތް ކޮށްފި ނަމަ މި މައްސަލަ ހައްލުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ނަޒީރު އެއާޕޯޓު ހިންގާއިރު އެންމެ އުނދަގޫ ވަގުތުތަކުގައި ވެސް ހިނގޭނެ ގޮތެއް ދަސްކުރެވެން ޖެހޭނެ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ ސަރުކާރުން ވަނީ އާ ރަންވޭއަކާއި އޭޕްރަންގެ ޖާގަ ބޮޑުކުރުމުގެ އެތައް މަޝްރޫއެއް ހިންގައިފަ އެވެ. ނަމަވެސް އާ ރަންވޭ މަސައްކަތް ނިމުނުތާ އެތައް އަހަރެއްވީއިރު ވެސް އެ ރަންވޭ ބޭނުންކުރަން އެމްއޭސީއެލް އިން އަދިވެސް ނުފަށަ އެވެ.
ވަރަށް ރަނގަޅު ވާހަކައެއް ދުނިޔޭގެ މިއައް ވުރެ މާ ކުޑަ އެޢާޕޯޓު ތަކުގައިވެސް އެބަ ހުރި މާ މަދު މުވައްޒަފުންނާ އެކީ މާ ބިޒީކޮއް މެނޭޖް ކޮއްފަ
ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ