ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އެންމެ ފަހު މަރުހަލާގެ އިސްތިއުނާފު ހުކުމް އިއްވުމުގެ މަޖިލީސް ސުޕްރީމް ކޯޓުން ދެންމެ ފަށައިފި އެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ޔާމީން އިސްތިއުނާފުކުރީ، ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުންނެވެ.

ގއ. ވޮޑަމުލާ ކިޔާ ރަށެއް ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު، އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާކުރިކަމުގެ ކުށުގައި ޔާމީން ޖަލަށް ލާން ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގަ އެވެ.

ކުރީގެ ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުން އިސްތިއުނާފު ކުރި މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލީހަށް މިއަދު ވަދެވަޑައިގަންނަވަނީ.

ސުޕްރީމް ކޯޓު ޝަރީއަތުގެ މަޖިލީހުގެ އަޑު އެހުމަށް ރައީސް ޔާމީންގެ ވަކީލުންގެ އިތުރުން އެމަނިކުފާނުގެ ޕާޓީގެ ގިނަ އިސްވެރިން ވެސް އެ މަޖިލީހަށް ހާޒިރުވެފައިވެ އެވެ. އަދި އެމަނިކުފާނުގެ ސަޕޯޓަރުން ސުޕްރީމް ކޯޓު ކައިރީގައި މަޑުކޮށްގެން އެބަތިއްބެވެ.

މުޅި އާޓިކަލް ލޯޑު ކޮއްލާ...