ރާއްޖޭގައި އަނެއްކާ ވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފި އެވެ.
މިގޮތުން ކުއްލި ނުރައްކަލުގެ މުއްދަތު މިމަހުގެ 30 ގެ ނިޔަލަށް އިތުރުކުރާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި ނެރުއްވި ގަރާރުގައި ބުނެފައިވެ އެވެ.
މިނިސްޓަރު އެގޮތަށް ނިންމެވީ ކޮވިޑް ފެތުރުމުގެ ނުރައްކާ އަދިވެސް ފުޅާ ދާއިރާއެއްގައި އޮތުމާއި ގުޅިގެން، އެކަން ކުޑަކުރުމަށް ހާއްސަ ފިޔަވަޅު އެޅުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާ ދެއްވުމާއި ގުޅިގެން ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
ކޮވިޑު ފެތުރުނަ ނުދީ ހިފެހެއްޓުމަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. ރާއްޖޭގައި އަނެއްކާ ވެސް ސިއްހީ ނުރައްކަލުގެ ހާލަތު އިތުރުކުރުމާއެކު ކޮވިޑާއި ގުޅިގެން މީހުން ކަރަންޓީނުކޮށް، ރަށްރަށަށް އަރައިފޭބުން މަނާ ކުރުންފަދަ އެކި ކަންކަމުގެ ބާރު ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބެ އެވެ.
ފާއިތުވި މަސްތަކުގައި ކޮވިޑުގެ ހާލަތު ރަނގަޅުވުމަށްފަހު އަނެއްކާވެސް އަދަދުތައް ވަނީ މައްޗަށް އަރާފަ އެވެ. މިގޮތުން މި އަދަދުތައް ގިނަވެފައި ވަނީ މާލެއަށް ވުރެއް ބޮޑަށް އަތޮޅުތެރޭގަ އެވެ.