އެސްޓީއޯއިން ގޮދަން ފުށް ބަންދުކުރާ ކާރުޚާނާ ތަރައްގީކުރާނެ ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އެ ކުންފުނިން ގޮދަން ފުށް ބަންދުކުރާ ކާރުޚާނާ ތަރައްގީކުރާނެ ބިމެއް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"މިހާރު ބޭނުންވެގެން މިއުޅެނީ ކާރުޚާނާ ހަދާނެ ބިމެއް. އެތަން ހުންނަން ޖެހެނީ ޕޯޓާއި ކައިރީގައި. ދެން ޕޯޓު ރިލޮކޭޓުކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު ޕޯޓާއި ކައިރިން ބިމެއް ލިބޭނެ ކަމަށް އުއްމީދުކުރެވޭ. ރައީސް އޮފީހުން މަސައްކަތްކުރައްވާ އެބަ އެމަސައްކަތް ކުރައްވާ އެކަން ފަހިކޮށްދިނުމަށް،" އަމްރު ވިދާޅުވި އެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ކާޑުގެ ބާވަތްތައް އެތެރެކުރާ ކުންފުނިން ގޮދަށްފުށް ބަންދުކުރުމަށް ނިންމާފައި ވަނީ ބޭރުން ގޮވާން އެތެރެކޮށް ރާއްޖޭގައި ގާއިމުކުރާ ކާރުޚާނާގައި ތައްޔާރުކޮށް ބަންދުކުރާ ގޮތަށެވެ.
އަމްރު ވިދާޅުވީ ކާރުޚާނާ ހެދުމުގެ މަސައްކަތް ފަށާތާ، ދޮޅު އަހަރުތެރޭ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ވަރަށް ބޮޑެތި ސައިލޯތަކެއް ހުންނާނެ. އެއަށް ހުރިހާ ވީޓު ގްރެއިން އަޅާފައި ހުންނާނީ. ދެން މިލްކުރަން ބޭނުންކުރާ މެޝިނަރީޒްގެ އެހީގައި ގޮދަން ފުށަށް ބަދަލުކުރާނީ. ފުދޭވަރަކަށް ބޮޑު ފެކްޓަރީއެއް މިއީ،" ފެކްޓްރީގައި މަސައްކަތްކުރިއަށްދާނެ ގޮތުގެ ތަފުސީލް ދެއްވަމުން އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ އެސްޓީއޯއިން ގޮދަށް ފުށް ބަންދުކުރާ ކާރުޚާނާ ހަދަނީ ތަފާތު ބާވަތްތަކުގެ ފުށް ވެސް އުފެއްދޭ ގޮތަށް ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ އެކި ވަތްތަރުގެ ފުށް އެ ކާރުޚާނާއިން ރާއްޖޭގެ ބާޒާރަށް ނެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތީ ނުވެގެން މިއުޅޭ ކަމަކީ. މިތަނަށް ގެންނާނީ މުޅިން ބޭރު މީހުން. 4 ލައްކަ މީހުންނަށަ ކާންދޭން ކާރުޚާނާއެއް.