"އައިއެލްޓީއެމް ކޭންސް" ގެ ނަމުގައި ފްރާންސްގައި ކުރިއަށްދާ ލަގްޒަރީ އިވެންޓުގައި ރާއްޖެ ޕްރޮމޯޓުކުރަން ފަށައިފި އެވެ.
މި އިވެންޓަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުން އެއްތަނަކުން ބައްދަލުވެ، އެކި މަޝްވަރާކުރުމަށާއި، ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން ނެޓްވޯކޮށްކުރުމަށް ވިޔަފާރިވެރިންނަށް ފުރުސަތުދިނުމަށް ބާއްވާ ހަރަކާތެކެވެ.
ފާއިތުވި ހަފްތާގެ ހޯމަދުވަހު މި އިވެންޓު ފަށާފައިވާއިރު، އިވެންޓުގެ ތެރެއިން ފަތުރުވެރިކަމުގެ އެކި ޕްރޮޑަކްޓުތައް އިޝްތިހާރުކުރެވޭނެ އެވެ. މި އިވެންޓު ކުރިއަށްދާނީ މާދަމާގެ ނިޔަލަށްށެވެ. މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތެއް ބައިވެރިވެފައިވެ އެވެ.
އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 14 ކުންފުންޏަކުން މި ފެއާގައި ވަނީ ބައިވެރިވެފަ އެވެ. އޭގެ އިތުރުންވެސް އިތުރު 95 ގައުމަކަށް ނިސްބަތްވާ ފަރާތްތަކުން މި ފެއާގައި ބައިވެރިވާނެކަމަށް ބުނެފައިވެ އެވެ.
ފްރާންސްގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރާއިރު، ފަތުރުވެރިން އިތުރަށް ގިނަ ކުރުމަށް އެކި ހަރަކާތްތައް އެމްއެމްޕީއާރްސީން ހިންގަމުންދެ އެވެ. އޭގެ ތެރޭގައި ފްރާންސްގައި ރާއްޖޭގެ މަގުބޫލުކަމާއި ގުދުރަތީ ރީތިކަން، އެކި ވެބިނާތަކާއި ކެމްޕެއިންތަކުގެ ޒަރިއްޔާއިން ދަނީ އިޝްތިހާރުކުރަމުންނެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕާސަންކަމުން ނަޝްވާ ވަކިކޮށްފި
400 އަހަރު ކުރީގެ މާލެ: ތަފާތީ ކޮން ކަމެއް؟
"ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒުކުރަނީ މި ސަރުކާރުން"
