ޔޫރަޕިއަން ސްޕޭސް އެޖެންސީއިން މިދިޔަ ހުކުރު ދުވަހު އާންމުކުރި ރާއްޖޭގެ މި ފޮޓޯއަށް ދިވެހިންގެ ބޮޑު ސަމާލުކަމެއް ލިބެން ފަށައިފި އެވެ.
މި ފޮޓޯ ނަގާފައި ވަނީ މިއަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު ޔޫރަޕިއަން ސްޕޭސް އެޖެންސީއިންގެ ކޮޕާނިކަސް ސެންޓިނެލް-3 މިޝަންއިންނެވެ. މިއީ ވަރަށް މަދުން ނޫނީ ނުނެގޭ ރާއްޖޭގެ ސެޓެލައިޓް ފޮޓޯއެކެވެ. ގިނަ ބައެއް ސަމާލުކަން ލިބުނީ ވެސް އެހެންވެ އެވެ.
އެ އެޖެންސީން އާންމުކޮށްފައިވާ ރާއްޖެ އޮންނަ ސަރަހައްދަކީ ވިލާ ބޯ ސަރަހައްދަކަށް ވުމުން، ޖައްވުން ނުވަތަ ސެޓެލައިޓްތަކުން ނަގާ ފޮޓޯތަކުގައި އެހާ ސާފުކޮށް ރާއްޖެ ފެންނާކަށް ނުހުރެ އެވެ. އެހެން ކަމުން މި ފޮޓޯވެގެން ގޮސްފައިމިވަނީ ހަމަ "ރަންގަނޑަކަށެވެ."
މި ފޮޓޯގައިވެސް ހުވަދު އަތޮޅާއި އައްޑު އަތޮޅު އޮންނަ ސަރައްދުގެ މަތިން ވިލާބޯވުމުގެ ސަބަބުން އެހާ ސާފުކޮށް ފެންނާކަށް ނެތެވެ. ނަމަވެސް ހާރެއްހެން ގެތިފައިވާ ދިވެހިރާއްޖޭގެ ހިތްގައިމުކަން މި ފޮޓޯގަނޑުން ކިތަންމެހާ ވެސް ރީތިކޮށްފެނެ އެވެ.
މި ފޮޓޯ މިހާރުވަނީ "އާތް ފްރޮމް ސްޕޭސް ޕްރޮގްރާމް" ގައި ވެސް ހިމެނިފަ އެވެ.
ޑޮލަރުގެ އަގު ތިރިވަންދެން އުމްރާނީ މަސައްކަތްތައް ހުއްޓާލަންޖެހޭ
މި މަހުގެ ޓޫރިސްޓުން އައި އަދަދު 3.5 ޕަސެންޓް ދަށް
ލަންކާގެ ހައުސް އޮފް ފެޝަންސްގެ ވެރިޔާ ހައްޔަރުކޮށްފި
