ކޮންމެ ދުވަހަކު ވެސް ފޯނުގެ އެލާމް ރިންގުވުމާއެކު އިތުރު ފަސް މިނެޓު އޮވެލުމުގެ ބޭނުމުގައި "ސްނޫޒް" ކޮށްލެވެ އެވެ. އެނދުން ތެދުވެ ކަމެއް ކުރެވޭ ވަރުވަނީ މިހެން ފަސް ހަ ފަހަރު ސްނޫޒް ކުރެވޭ ފަހުންނެވެ. ނަމަވެޑސް މިގޮތަށް ސްނޫޒު ކުރުމަކީ ކޮން ކަހަލަ ކަމެއްތޯ އަދި އެކަމުން ސިއްހަތަށާއި ހަށިގަނޑަށް ކުރާ އަސަރުތަކަކީ ކޮބާތޯ ބަލާލިން ހެއްޔެވެ؟

މީހާ ނިދާފައި އޮންނަ އިރު ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ އެވެ. ހެނދުނު ހޭލާ ގަޑި ކައިރި ވާވަރަކަށް، މި ފިނިހޫނުމިން އާއްމު މިންވަރަކަށް ހަމަޖެހެން ފަށަ އެވެ. އެކަށީގެންވާ ވަރަށް ނިދި ނުލިބޭނަމަ ހަށިގަނޑުގެ ފިނި ހޫނުމިނަށް އަންނަ ބަދަލުގެ ކުރިން އެލާމްވާން ފަށައެ ވެ. ނަތީޖާއެއްގެ ގޮތުން ތާޒާކަން ގެއްލި މަސައްކަތް ކުރާހިތް ވެސް ކެނޑެ އެވެ.

ސްނޫޒް ވާން ފެށުމުން ތެދުވަން އޮތުމަކީ، ފުރަތަމަ އެލާމާއެކު ތެދުވުމަށްވުރެ ގެއްލުން ހުރި ކަމެކެވެ. އެއީ ސިކުނޑިއަށް ވެސް އޭގެ އަސަރު ކުރާނެ ކަމެކެވެ. އެލާމް ކަނޑާލުމަށްފަހު ނިދަން އޮންނައިރު ސިކުނޑި އަނެއްކާވެސް ތައްޔާރުވަނީ ވަރުގަދަ ނިދި ގަނޑަކަށެވެ.

ސްނޫޒަށް ލާފައި އަނެއްކާ ނިދަން އޮށޯންނަތާ ކުޑަ އިރުކޮޅެއް ފަހުން އެލާމްވާން ފަށާނެ އެވެ. ސިކުނޑި ނިންޖަށް ތައްޔާރުވެފައި ވަނިކޮށް ދުވަހުގެ މަސައްކަތަށް ތައްޔާރުވުމަށް އަރާމު ނިދިން ހޭލަން ޖެހުމުން ލޮޑުކަން އިހްސާސްވާނެ އެވެ.

އެލާމް ސްނޫޒަށްލައި އަލުން ނިދަން އާދަކުރާ މީހުން އެ އާދަ ހުއްޓާލަން އެބަޖެހެއެވެ. ރޭގަނޑު ކުރިން ނިދަން އާދަ ކޮށް، ހެނދުނު ހޭލަން އާދަކުރެވިދާނެ އެވެ. އެލާމަކާ ނުލައި ހޭލަން ވެސް އާދަކުރެވިދާނެއެވެ. އެލާމް ކްލޮކް ނޫނީ ފޯނު ތަންކޮޅެއް ދުރުގައި ބާއްވާފައި ނިދާށެވެ. އެލާމް ކަނޑާލަން އެނދުން ތެދުވާއިރު ނިދި ފިލަން ފަށާނެއެވެ.