ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ވެކްސިނޭޓެޑް ޓްރެވެލް ލޭނެއް (ވީޓީއެލް) ގާއިމުކުރުމަށް ދެ ގައުމުން އެއްބަސްވެއްޖެ އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މިއެއްބަސްވުމުގެ ސަބަބުން މިމަހުގެ 16 އިން ފެށިގެން ވެކްސިން ފުރިހަމަކޮށްފައިވާ ދިވެހިންނަށް ކަރަންޓީން ނުވެ ސިންގަޕޫރަށް ދަތުރުކުރެވޭނެ ކަމަށެވެ.
އެޗްޕީއޭ އިން ދޫކޮށްފައިވާ ކޮވިޑް-19 ޑިޖިޓަލް ވެކްސިން ސެޓްފިކެޓް އޮންނަ ކޮންމެ ދިވެއްސަކަށް ވެސް ކަނޑައެޅިފައިވާ ވީޓީއެލް ފްލައިޓްތަކުން ނެގެޓިވް ޕީސީއާރް ޓެސްޓުގެ ނަތީޖާއާއެކު ދަތުރުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ވީޓީއެލްގެ ދަށުން، ކަނޑައެޅިފައިވާ ވީޓީއެލް ފްލައިޓްތަކުގައި ވެކްސިން ފުރިހަމަކޮށްފައިވާ ދަތުރުވެރިންނަށް ސިންގަޕޫރަށް ކަރަންޓީނުވުމެއް ނެތި އެތެރެވެވޭނެ އެވެ.
މިއެއްބަސްވުމަކީ ޓްރާންސްޕޯޓު މިނިސްޓްރީން އިސްނަގައިގެން ފޮރިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އަދި ސިންގަޕޫރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށް އެމިނިސްޓްރީން ބުނެ އެވެ.

ރޮނާލްޑޯ ސްޕެނިޝް ކްލަބް އަލްމެއިރާގެ ހިއްސާ ގަނެފި
މިސައިލްތަކާ ބެހޭގޮތުން ޓްރަމްޕް ކުރި ދައުވާއަށް ތާއީދެއް ނެތް
ރޯދަ ސުފުރާއަށް ހެދިކާ ނޫން ގޮތެއް ނެތްތަ؟
