ފިޔާ ކޮށާއިރު ލޮލުން ފެން އައުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. ފިޔާ އެޅުމުން ކެއުންތަކުގެ ރަހަމީރު ވިޔަސް އެ ކޮށަން ބާރަށް ފިޔާނުލައި ކައްކާ މީހުން ވެސް އުޅެ އެވެ. މި ލިޔުމުގައި މި ބަލާލަނީ މިކަން ހައްލު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ. އޭގެ ކުރިން މިކަން ދިމާވަނީ ކިހިނެއްތޯ ބަލާލާނަމެވެ.
ދިރާސާތަކުގައި ބުނާގޮތުން ފިޔާ ކޮށާއިރު ލޮލުން ފެން އަންނަނީ އޭގައި ހިމެނޭ އެމީނޯ އެސިޑެއް ކަމަށްވާ ސަލްފޮއޮކްސައިޑްގެ ސަބަބުންނެވެ. ފިޔާ ކޮށާއިރު އޭގައި ހުންނަ ފަަށަލަތައް ހަލާކުވުމުން ނިކުންނަ ގޭހުން ލޮލުން ދިލަނަގާ ލޮލުން ފެން އަންނަން ފަށަ އެވެ. ފިޔާއިން ނިކުންނަ ގޭހެއްކަމަށްވާ ސިންޕްރޮޕަނެތިއަލް އެސް-އޮކްސައިޑަކީ ލޮލުގެ ގްލޭންޑަށް އެންމެ ބޮޑަށް ހަމަލާދޭ އެއް ގޭހެވެ. މިގޭހުން މުޅި ލޮލުން ކެތްނުކުރެވޭވަރަށް ދިލައެއް ނަގަން ފަށައި ކަރުނަ ހިލުވާލަ އެވެ.
ހައްލަކީ ކޮބާ؟
- ފިޔާ ކޮށާއިރު ލޮލަށް ހަމަލާދޭ ގޭސް ކަމަށްވާ ސަލްފޮއޮކްސައިޑުން ސަލާމަތް ވުމަށް ފިޔާ ކޮށުމުގެ 15 މިނެޓް ކުރިން ފްރިޖްގެ ގަނޑުކުރާބައިގައި ފިޔާ ބާއްވާށެވެ. އެހެން ނޫނީ 1 ގަޑި އިރު ކުރިން ފްރިޖްގައި ބާއްވާށެވެ.
- ފިޔާ ކޮށުމުގެ ގަޑިއެއްހާއިރު ކުރިން ބޯ ތަށްޓަކަށް ފިނިފެން އެޅުމަށްފަހު ފެނުގެ ތެރެއަށް ފިޔާ އަޅާފައި ބަހައްޓާށެވެ.
- ފިޔާ ކޮށާއިރު މޫނަށް ވައި ޖެހޭނެހެން ފަންކާއެއް ކުރިމަތީގައި ހުރެގެން ކޮށާށެވެ. މިހެން ހެދުމުން ފަންކާގެ ވައިން ފިޔާއިން އަރާގޭސް ދުރުކޮށްދޭނެ އެވެ.
- ފިޔާ ކޮށާއިރު ތޫނުވަޅިއެއް ބޭނުން ކުރުމަކީ ފިޔާގައި ހުންނަ ފަށަލަތައް ހަލާކު ނުވެ އޭގެން ނިކުންނަ ގޭސް ކޮންޓްރޯލް ކޮށްދޭނެ ކަމެކެވެ.
- ދެން އޮތް ގޮތަކީ މިނުބައި ގޭހުން ލޯސަލާމަތް ކުރުނަސް ގޮގްލްސް ބޭނުން ކުރުމެވެ. މިއީ ތަންކޮޅެއް އޮޑް އަދި ޖޯކް ކަމަކަށް ވެދާނެއެވެ. އެހެން ނަމަވެސް މިހެން ހެދުމުން ލޯސަލާމަތް ވާނެއެވެ.
ފިޔާކޮށާއިރު ފިޔާދިލަ ލޮލަށް އެރުމަކީ ލޮލަށް ގެއްލުންވާ ކަމެއްތޯ.؟
ތިޔައްވުރެފަސޭހަގޮތެއްނެއްބާ؟