ނިދަން އޮށޯތުމުގެ ކުރިން ތިރީގައިވާ ބުއިމުގެ ތަށްޓެއް ބޯލުމުން ނިދާފައި އޮންނަ ވަގުތުގައި ސަރުބީތައް ވިރުމުގެ މަސައްކަތް ފަށާނެ އެވެ. ޚާއްސަކޮށް ބަނޑުގެ ވަށައިގެން ހުންނަ މަހެވެ. މިކަމަށް ބޭނުންވާ އެއްޗިއްސަކީ ވެސް ހަމަ ވަރަށް ފަސޭހައިން ލިބެން ހުންނަ އެއްޗިއްސެވެ.

  • ކިއުކަމްބާ: މިއީ ހަށިގަނޑުގައި ހުންނަ ފެން މަދުވިޔަ ނުދީ ހިފަހައްޓާ އަދި ހަށިގަނޑުގައި ރައްކާކުރާ ސަރުބީތައް ވިރުވަން މަސައްކަތްކޮށްދޭނެ އެއްޗެކެވެ. ބަރުދަން ލުއިކުރުމުގެ އެއްވެސް ބުއިމަކުން ކިއުކަމްބާ އެއް އުންޏެއް ނުކުރެވޭނެ އެވެ.
  • ޕާސްލޭ ނުވަތަ ސިލަންޓްރޯ: މިއީ ވެސް ކެލޮރީޒް ދަށް އެންޓިއޮކްސިޑަންޓްސް، ވިޓަމިންސް އަދި މިނެރަލްސް އިން މުއްސަނދި ވެފައިވާ އެއްޗެކެވެ. މިއީ ހަށިގަނޑުގައި ޖަމާވެފައި ހުންނަ އިތުރު ފެންތައް ބޭރުކޮށްލަދީ ބަނޑު ހިންދާލަދޭނެ އެއްޗެކެވެ.
  • އިނގުރު: އިނގުރަކީ ހަވާދުތަކުގެ ތަކުގެ ތެރެއިން އެންމެ ގިނަގުނަ ފައިދާ އެކުލެވޭ އެކައްޗެވެ. މެޓަބޮލިޒަމްގެ މަސައްކަތް ހަލުވި ވުމުގެ އިތުރުން ހަޖަމުކުރުމުގެ ނިޒާމުގެ ސިއްހަތު ވެސް ރަނގަޅުކޮށްދޭނެ އެވެ.
  • ލުނބޯ ހުތް: މިއީ ހަށިގަނޑުގައިވާ ވިހައިގެ މާއްދާތައް ހަށިގަނޑުން ބޭރުކޮށްދީ އިތުރަށް ހުންނަ ސަރުބީ އާއި ހަޖަމުކުރުމުގެ ނިޒާމުގައި ހުންނަ ހުރިހާ ނުސާފުކަމެއް ސާފުކޮށްލަދޭނެ އެއްޗެކެވެ.
  • އަލޯ ވެރާ ޖޫސް: މިއީ އެންޓިއޮކްސިޑަންޓްސް އިން މުއްސަނދިވެފައިވާ އެއްޗެކެވެ. ބަނޑުގައި ދުޅަ އުފެދި ބަނޑު ފުއްޕުން ފަދަ ކަންތައްތައް ދިމާވާން މެދުވެރިވާ ފްރީ ރެޑިކަލްސް އުފެދުން މަދުކުރުމަށް މީގެން އެހީތެރިވެދެ އެވެ.

ބޭނުންވާ ތަކެތި

  • 1 ލުނބޯ
  • 1 ކިއުކަންބާ
  • 1 މޭޒުމަތީ ސަމުސާ ގާނާފައި ހުރި އިނގުރު
  • 1 މޭޒުމަތީ ސަމުސާ އަލޯ ވެރާ ޖެލް
  • ސިލަންޓްރޯ ނުވަތަ ޕާސްލޭ ފަތް ބޮނޑިއެއް
  • ބައި ތަށި ފެން

ތައްޔާރު ކުރާނެ ގޮތް

ހުރިހާ އެއްޗެތި ބްލެންޑާ އަށް އަޅާފައި ގިރާލާށެވެ. އަދި ނިދަން އޮށޯތުމުގެ ކުރިން މި ބުއިމުގެ އެއްތަށި ބޮއެގެން އޮންނާށެވެ.