ބިލިމަގަކީ ދިވެހިން އަނގަ މަޖަލަކަށް ވަރަށް ގިނައިން ކައި އުޅޭ އެއްޗެކެވެ. ހާއްސަކޮށް ރާއްޖެ ތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް މިއީ އާއްމު އެއްޗެކެވެ. އަސާރައާއި ލައިގެން ކާ އެއްޗެއްސަށް އެޅުމުގެ އިތުރުން ވެސް އެކި ގޮތްގޮތަށް ބޭނުން ކުރެވޭ ބިލިމަގަކީ ސިއްހީ ގޮތުން ވެސް ވަރަށް ފައިދާހުރި އެއްޗެކެވެ.

ކެއްސުން މަދު ކޮށްދޭ

ދަވިއްގަނދު ކޮޅަކާއި ތިން ބިލަމަގު އަދި ހަކުރު ކޮޅެއް ފެން ފޮދެއްގެ ތެރެއަށް އަޅާލައިގެން ކައްކާލާށެވެ. އަދި ކެކިގަތުމުން ގިނި މަޑުކޮށްލާފައި އާވިން ކެކެން ދެ ތިން ގަޑިއިރު ބަހައްޓާށެވެ. ދެން މި ފެން ފޮދު ދެބައި ކޮށްލާފައި އެއްބައި، ހެނދުނު ސައި ބުއިމުގެ ކުރިން ބޯލާށެވެ. އަދި އަނެއް ބައި ބޯނީ ނިދަން އޮށޯތުމުގެ ކުރިންނެވެ.

ހަކުރު ބަލި ކޮންޓްރޯލް ކޮށްދޭ

ބިލަމަގަކީ ހަކުރުބަލި ހުންނަ މީހުން ވެސް ކާން ރަނގަޅު އެއްޗެކެވެ. ހަ ބިލަމަގު ޗަސްކޮށްފައި ފެންނާ އެކު ކައްކާލާފައި ފުރާނާލާށެވެ. ދުވާލަކު ދެ އިރު މި ބުއިން ބޯ ނަމަ ވަރަށް އަވަހަށް ނަތީޖާ ފެންނާނެ އެވެ.

ހުޅުތަކުގައި ރިއްސުން ކުޑަ ކޮށްދޭ

އަތްގޮށްޓެއްހާ ބިލަމަގު ފަތާއި އެއް ބިލަމަގު ރަނގަޅަށް ފެން ޖަހައިގެން ހިމުން ކުރުމަށްފަހު ދުވާލަކު 2-3 ފަހަރު، ތަދުވާ ތަންތަނުގައި އަޅާށެވެ. އިސާހިތަކު ލުޔެއް ލިބިދާނެ އެވެ.