ރޯގާ ޖެހެން އުޅޭހެން ހީވުމުން އިނގުރު ސައެއް ބޯލުމުން ހަށިގަނޑަށް ހަމަޖެހުން ލިބެ އެވެ. އިނގުރަކީ އޭގައިވާ އެންޓި-އިންފްލެމޭޓަރީ މާއްދާތަކުގެ ސަބަބުން އެކި ބަލިބައްޔަށް ފަރުވާ ކުރުމަށް ޒަމާނުން ސުރެ ބޭނުން ކުރަމުން އަންނަ އެއްޗެކެވެ.

ހަޖަމު ގޯސްވުމާއި ބަނޑުގެ ބަލިތަކަށް އަދި ބައެއް ބާވަތުގެ ކެންސަރަށް ވެސް އިނގުރުން ވަރަށް ފުޅާ ދާއިރާއެއްގައި ސިއްހީ ފައިދާތަކެއް ލިބެ އެވެ.

މޭ ނުބައިކުރުމާއި ހޮޑުލެވުން އަދި ބޯ އެނބުރުމަށް ވެސް އިނގުރުން ފަރުވާ ކުރެވެ އެވެ. އަދި މާބަނޑުމީހުންނަށް ތަޖުރިބާކުރަންޖެހޭ، ހެނދުނު ހޭލާ ވަގުތު ހޮޑުލެވޭ މައްސަލާގައި ވެސް ހާބަލް ރިމެޑީއެއްގެ ގޮތުގައި އިނގުރު ބޭނުން ކުރެ އެވެ.

ނަމަވެސް އިނގުރުން އެންމެ ރަނގަޅު އަދި އެކަށީގެންވާ ފައިދާއެއް ލިބެނީ އަރިދަފުސް ރޯގާ އާއި ކެއްސުމަށެވެ.

ރޯގާ ޖެހިގެން ކެއްސާ މީހުން ކުޑަ ސަމުސަލެއްގެ އިނގުރު ދިޔަ މާމުއި ސަމުސަލަކާއި ދެ ތިން ތިކި ލުނބޯ ހުތް ހޫނު ފެން ފޮދެއްގައި ގިރާލައިގެން ދުވާލަކު ތިން ހަތަރު ފަހަރަކު ބޯލަނިކޮށް، މޭ ސާފުވުން އަވަސްވެ އެވެ.

މާހިރުން ބުނާ ގޮތުގައި އިނގުރު ސަޔަކީ ރޯގާ އަށް ވަރަށް ބަރާބަރު ސަޔެކެވެ. ސައިސަމުސަލެއްގެ އިނގުރު ގާނާފައި ބިއްލޫރި ތަށްޓަކަށް ހޫނު ފެނާ އެކު އަޅައި މަތިޖަހާފައި ފަސް މިނެޓް ބެހެއްޓުމަށް ފަހު ފުރާނާލައިގެން ބޯލުމުން ރޯގާ ވަރަށް އަވަހަށް ރަނގަޅުވެ އެވެ.