ނަޞްރުގެ ދުވަހުން އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުތެއް ނެތި، ލޯބިވުމުގެ މުހިންމުކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނެރޭ "އައްޑަނަ" މަޖައްލާގެ 28 ވަނަ އަދަދުގައި ހިމެނުމަށް ފޮނުއްވި ޚިތޯބުގަ އެވެ.

"މިއަދު، އަޅުގަނޑުމެން އެދުވަހުގެ ހަނދާންތައް އައުކުރަނީ، އެދުވަހާ ގުޅިފައިވާ ބަޠަލުންގެ މަތިވެރި ޤައުމީ ޖިހާދުން ހިތްވަރު ލިބިގަންނަމުންނެވެ. އަދި އެހާދިސާއިން އިބްރަތް ހާސިލްލުކުރަމުންނެވެ. ނަސްރުގެ ދުވަހު ދިވެހިން ލިބިގަތް އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުތެއްނެތި، ލޯބިވުމުގެ މުހިންމު ކަމެވެ. އިސްލާމް ދީނާއި ދިވެހި ގައުމުގެ ދިފާއުގައި ފުރާނައިން ގުރުބާންވެވަޑައިގެންނެވި، ސިފައިންގެ ބޭކަލުންނާއި ޢާންމު ރައްޔިތުންގެ ގުރުބާނީން ދޭހަވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި، ގައުމާ މެދު އޮންނަ ޚާލިސް ލޯބީގެ ބާރުގަދަކަމާއި މަތިވެރިކަމެވެ. އެ ލޯތްބާއި ގަދަރުގެ އަސަރު ޒަމާންތަކަށް ދެމިގެންދެ އެވެ. ޖީލުން ޖީލަށް އެ ލޯބި ވާޞިލުވެއެވެ." އެ ހިތޯބުގައި ރައީސް ވިދާޅުވެފައިވެ އެވެ.

މިއަދު، އަޅުގަނޑުމެން އެދުވަހުގެ ހަނދާންތައް އައުކުރަނީ، އެދުވަހާ ގުޅިފައިވާ ބަޠަލުންގެ މަތިވެރި ޤައުމީ ޖިހާދުން ހިތްވަރު ލިބިގަންނަމުންނެވެ. އަދި އެހާދިސާއިން އިބްރަތް ހާސިލްލުކުރަމުންނެވެ. ނަސްރުގެ ދުވަހު ދިވެހިން ލިބިގަތް އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުތެއްނެތި، ލޯބިވުމުގެ މުހިންމު ކަމެވެ. އިސްލާމް ދީނާއި ދިވެހި ގައުމުގެ ދިފާއުގައި ފުރާނައިން ގުރުބާންވެވަޑައިގެންނެވި، ސިފައިންގެ ބޭކަލުންނާއި ޢާންމު ރައްޔިތުންގެ ގުރުބާނީން ދޭހަވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި، ގައުމާ މެދު އޮންނަ ޚާލިސް ލޯބީގެ ބާރުގަދަކަމާއި މަތިވެރިކަމެވެ. އެ ލޯތްބާއި ގަދަރުގެ އަސަރު ޒަމާންތަކަށް ދެމިގެންދެ އެވެ. ޖީލުން ޖީލަށް އެ ލޯބި ވާޞިލުވެއެވެ.
ރައީސް

ރައީސްގެ ޚިތޯބުގައި، މީގެ 32 އަހަރު ކުރިން، ދިވެހިންގެ ވަރަށް މަދު ބަޔަކާ ގުޅިގެން، ބޭރުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ވެރިރަށް މާލެއަށް އަރައި ހިންގި އުދުވާން ސިފަކުރައްވާފައި ވަނީ، ދިވެހި ތާރީޚު ދުށް ވަރަށް އަނިޔާވެރި އަމަލުތަކެއްގެ ގޮތުގަ އާއި، އަދި ކުށެއް ނެތް 19 ދިވެހި ދަރިއެއްގެ ލޭ މި ބިމަށް އޮހޮރުވައިލި، ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އިންތިހާއަށް އުފެއްދި ލާއިންސާނީ ޢަމަލުތަކެއްގެ ގޮތުގަ އެވެ.

އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ ދުވަހުގެ ހަނދާންތައް އައުކުރަނީ، އެ ދުވަހާ ގުޅިފައިވާ ބަތަލުންގެ މަތިވެރި ގައުމީ ޖިހާދުން ހިތްވަރު ލިބިގަންނަމުން ކަމަށާއި، އެ ހާދިސާއިން އިބުރަތް ޙާސިލްކުރަމުން ކަމަށެވެ. އަދި، އިސްލާމް ދީނާއި ދިވެހި ގައުމުގެ ދިފާއުގައި ފުރާނައިން ގުރުބާންވެ ވަޑައިގެންނެވި ސިފައިންގެ ބޭކަލުންނާއި އާންމު ރައްޔިތުންގެ ގުރުބާނީން ދޭހަ ވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި ގައުމާ މެދު އޮންނަ ޚާލިސް ލޯބީގެ ބާރުގަދަކަމާއި މަތިވެރިކަން ކަމަށް ރައީސް ވިދާޅުވި އެވެ.

"ނޮވެންބަރު 3ގެ ޢުދުވާނު ނާކާމިޔާބު ކޮށްލުމުގައި، ދިވެހި ރައްޔިތުންގެ ފަރާތުން، ދިވެހި ދައުލަތަށް ލިބިގެންދިޔަ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި، އެދުވަހުގެ އެ ޢުދުވާނާ ދެކޮޅަށް ޙަރަކާތްތެރިވި އެންމެހައި ޢާންމު ރައްޔިތުންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވަމެވެ. ހަމައެފަދައިން، ދިވެހިރާއްޖޭގެ އޭރުގެ ސަރުކާރުގެ އެދިވަޑައިގަތުމަށް، އަވައްޓެރި އިންޑިޔާ ސަރުކާރުން، ޢަސްކަރީ ގޮތުން ވެދެއްވި އެހީތެރިކަމަށްޓަކައި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، މި ފުރުޞަތުގައި ޝުކުރު އަދާކުރަމެވެ." އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.