ލޮނު ސްކްރަބް އަކީ ހަންގަނޑަށް ފައިދާހުރި އެއްޗެއް ކަމުގައި ހަމުގެ ޑޮކްޓަރުން ބުނެފައިވާއިރު ގިނަ ބަޔަކު ވަނީ ރީތި ވުމަށް ލޮނު ބޭނުން ކުރަން ފަށާފަ އެވެ. މި އާގައި މި ބަލާލަނީ ރީތިވުމަށް ލޮނު ބޭނުން ކުރެވިދާނެ ބައެއް ގޮތްތަކެވެ.

މޫނު ސާފު ކުރުން

ގިނަ ބަޔަކަށް ނޭނގޭ ކަމަކީ ލޮނުގައި އެންޓިމައިކްރޯބިއަލް ޕްރޮޕަޓީސް ހިމެނޭ ކަމެވެ. މީގެ އިތުރުން ލޮނުގައި އެބްސޯބަންޓް މާއްދާވެސް ހިމެނެ އެވެ. އެހެންކަމުން ލޮނުން މޫނުގެ ޑީޕް ކްލީނިންއެއް ކުރެވިދާނެ އެވެ.

މޮއިސްޗަރައިޒް ކުރުން

މިއީ ސީދާ ލޮނު މޫނުގައި ބޭނުން ކޮށްގެން މޮއިސްޗަރައިޒް ކުރުމެއް ނޫނެވެ. މުހިއްމީ ލޮނުގެ މާއްދާ ހިމެނޭ ޕްރޮޑަކްޓެއް ބޭނުން ކުރުމެވެ. ސީސޯލްޓް އަކީ ވަރަށް މޮޅު މޮއިސްޗަރައިޒަރެކެވެ.

އައިބުތައް ފިލުވުން

ލޮނަކީ ކުނި އަދި އިމްޕިއުރިޓީޒް ނައްތާލުމަށް ބޭނުން ކުރެވޭ މުހިއްމު އެއްޗެކެވެ. އޭގެ އިތުރުން މޫނުގައި ހުންނަ ތެޔޮކަން ބެލެންސް ކޮށްލައެވެ. ލޮނު މާއްދާ ހިމެނޭ ޓޯނާއެއް ގަވައިދުން ބޭނުން ކުރާނަމަ ހަންގަނޑު އިތުރަށް އުޖާލާވާނެ އެވެ.

އެކްސްފޯލިއޭޓް ކުރުން

ހަކުރެކޭ އެއްފަދައުން ލޮނަކީވެސް ރަނގަޅު އެކްސްޕޯލިއެންޓެކެވެ. މޫނުގައި މަރުވެފައިވާ ހުންނަ ހަންތައް ނައްތައިލުމަށް ލޮނު އެހީވެދެ އެވެ. މީގެ އިތުރުން ހަންގަނޑު މަޑުވެ، މޫނުގެ ކުލަ އެއްވަރު ވެގެންދެ އެވެ.

އަގުބޮޑު ބިއުޓީ ޕްރޮޑަކްޓްސް ގަނެގެން ބޭނުން ކުރުމުގެ ބަދަލުގައި ގެއިން ލިބެން ހުންނަ މިކަހަލަ އެއްޗެހިތަކުން ވެސް ބޭނުން ހިފުމަށް އާދަ ކުރަމާތޯއެވެ.