މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދޮގު ބަޔާން ދިން މައްސަލާގެ އަޑުއެހުން ކެންސަލްވެއްޖެ އެވެ.

މި މައްސަލައިގެ ޝަރީއަތް ކެންސަލްކޮށްފައިވާއިރު، މި އަޑުއެހުން ތާވަލުކޮށްފައި ވަނީ މިއަދު ހެނދުނު 10:00 އަށެވެ.

ނަމަވެސް އަޑުއެހުން ކެންސަލްކުރީ ކޮން ސަބަބަކާއި ގުޅިގެންކަމެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.

މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލާފައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކުންފުނީގެ ހެކިވެރިއަކަށްވެ، ޑރ. މުއިއްޒު ދޮގު ހެކިބަސް ދެއްވާފައިވާ ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި، މީގެ ކުރިންވެސް އަޑުއެހުން ކެންސަލްވެފައިވާއިރު، އަޑުއެހުން ފަސްކުރީ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި ކުރިއަށް ދިއުމާއި ގުޅިގެން، މުއިއްޒުގެ ވަކީލުންގެ ޓީމުގައި ތިއްބަވާ ބައެއް ވަކީލުން ޔާމީންގެ މައްސަލާގައި ވެސް ވަކާލާތު ކުރައްވާތީ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެ އެވެ.