މިމަހުގެ ފަސް ވަނަ ދުވަހު ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ބަޔަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިމަހުގެ ފަސް ވަނަ ދުވަހު ހައްޔަރު ކޮށްފައިވަނީ 28 އަހަރާއި 65 އަހަރާއި ދެމެދުގެ ފިރިހެނުން ކަމަށެވެ. މިމައްސަލާގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ބިދޭސީއަކާއި ފުލުހަކުވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ފުލުސް މީހާގެ ޖިނާއީ ތަހުގީގު ކުރިއަށް ދާތީވެ، ފުލުސް މީހާ މިހާރު ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކުރެވިފައި ކަމުގައި ފުލުހުން ހާމަކުރެއެވެ.

މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދެ މީހަކަށް 15 ދުވަސް އަދި އަނެއް ދެ މީހަކަށް 10 ދުވަސް ދީފައި ވެ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.