ކޮވިޑް-19 އަށް ފަރުވާހޯދަމުން ދަނިކޮށް އަނެއްކާ ވެސް ޒުވާނަކު ނިޔާވެއްޖެ އެވެ.
ކޮވިޑަށް ފަރުވާހޯދަމުން ދަނިކޮށް ރޭގެ ވަގުތެއްގައި ނިޔާވީ ގއ. މާމެންދޫގެ 25 އަހަރުގެ ޒުވާން އަންހެނެކެވެ.
އޭގެ އިތުރުން އޭނާއަކީ އިތުރު ސިއްހީ މައްސަލަތަކަށް ވެސް ފަރުވާ ހޯދަމުން ދިޔަ ކުއްޖެއް ކަމަށްވެ އެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 266 އަށް އަރާފަ އެވެ.
މިބަލީގައި އެންމެ ފަހުން ރާއްޖެއިން ނިޔާވެފައި ވަނީ ވެސް ޒުވާނެކެވެ. ސ. ފޭދޫ ހެލްތު ސެންޓަރުން ފަރުވާދެމުން ގެންދަނިކޮށް އުމުރުން 34 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު ވަނީ މިމަހުގެ 15 ވަނަ ދުވަހު ނިޔާވެފަ އެވެ.
ރާއްޖެއިން މިހާތަނަށް 106،595 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 98،238 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ. އަދި 40 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި އޭޓީއެމް ސެންޓަރެއް
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ
