އަބޫދާބީ (25 ޖެނުއަރީ) - ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް އަމާޒުކޮށް ޔަމަނުގެ ހޫތީން އަނެއްކާ ވެސް ހަމަލާއެއް ފޮނުވާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އިއްޔެ ފޮނުވި ދެ މިސައިލް ހަމަލާ އަރަަބި ކޯލިޝަންގެ ޑިފެންސް ސިސްޓަމްއިން ހުއްޓުވާފައިވާއިރު މިއީ އެއް ހަފްތާ ތެރޭގައި ހޫތީންގެ ހަމަލާއެއް އަބޫދާބީއަށް އަމާޒުކުރި ދެވަނަ ފަހަރެވެ.
މިދިޔަ ހަފްތާގެ ހޯމަ ދުވަހު ހޫތީން ދިން ޑްރޯން ހަމަލާގައި ތިން މީހަކު މަރުވެ އިތުރު ހަ މީހަކު ޒަހަަމްވެފައިވާއިރު ހޫތީން ވަނީ މި ހަމަލާގެ ޒިންމާ ނަގާފަ އެވެ.
މި ހަމަލާތަކާ ގުޅިގެން ޔޫއޭއީއިން ބުނީ ހޫތީންގެ ހަމަލާތަކަށް އެއްވެސް ފިޔަވަޅެއް ނާޅައި މަޑުން ނުތިބޭނެ ކަމަށާއި ރައްދު ހަމަލާއެއް ހޫތީންނަށް ލިބޭނެ ކަމަށެވެ.
މި ބަޔާން ނެރުމަށްފަހު އެގައުމުން ވަނީ ހޫތީން އިއްޔެގެ މިސައިލް ހަމަލާ ލޯންޗު ކުރި ސަރަހައްދަށް ހަމަލާދީ އެ ސަރަހައްދު ވީރާނާ ކޮށްލާފަ އެވެ.
"ޔޫއޭއީގެ ރައްޔިތުންނާއި ސިޔާދަތު ރައްކާތެރި ކުރުމުގެ ފުރިހަމަ ހައްގު އަހަރުމެންނަށް ލިބިގެންވޭ،" މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ނެރުނު އެ ބަޔާނުގައި ބުނެފައިވެ އެވެ.
މި ޖެނުއަރީ މަހު އެއްވަނަ ދުވަހު ހޫތީން ވަނީ ޔޫއޭއީގެ އާގު ބޯޓެއް ވެސް ހިފަހައްޓާ އޭގައި ހުރި އަސްކަރީ ހަތިޔާރުތައް އެ ޖަމާއަތުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. -- އަލް އަރަބިއްޔާ
"ކެޔެވުން ފެށުމުގެ ކުރިން ސްކޫލުތަކަށް ފޮތްތައް ފޮނުވާ ނިމޭނެ"
ބުރަކޮށް އުޅެން ޖެހުނަސް ސިއްހަތަށް އިހުމާލު ނުވާތި!
ޑްރަގް ނެޓްވޯކްގައި ހިމެނޭ އަނާމް މަގާމުން ވަކިކޮށްފި