ބޮލީވުޑްގެ ލަވަކިޔުންތެރިޔާ އަދި ޓީވީ ޝޯތައް ހުށަހަޅައިދެމުން އަންނަ އަދިތިޔަ ނަރަޔަން އާއި އަންހެނުން ޝްވެތާ އަގަރްވާލަށް ދަރިޔަކު ލިބޭ އުޅޭކަން އިއުލާން ކޮށްފި އެވެ.

އަދިތިޔާ އޭނާގެ އިންސްޓަގުރާމްގައި އެ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން ބުނެފައިވަނީ ފުރަތަމަ ދަރިފުޅު ލިބޭތީ ދެމީހުންވެސް ތިބީ ވަރަށް އުފަލުން ކަމަށެވެ.

ޝްވެތާ ބަލިވެ އިން ހަބަރު ހިއްސާކޮށްފައިމިވަނީ ޝްވެތާގެ އުފަންދުވަހުގެ އެއްދުވަހަށް ފަހުގަ އެވެ.

އެކަމާ އޭނާގެ ބައްޕަ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތް ނާރާޔަންއާއި މަންމަވެސް ތިބީ ވަރަށް އުފަލުން ކަމަށާއި މާމައާއި ކާފަ ދަރިއަކު ލިބޭތީ އުފަލުގެ ކޮޅެއް ނެތް ކަމަށް ބުންޏެވެ.

https://www.instagram.com/p/CZGclahvlT4/

އަދިތިޔާ އަދި ޝްވެތާ ކައިވެނިކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހު އެވެ. ކައިވެނިކޮށްފައިވަނީ 10 އަހަރަށްވުރެ ގިނަދުވަހު ރަށްޓެހިވެގެން އުޅުމަށްފަހުގަ އެވެ.