ބަރުދަން ލުއިކުރުމުގެ ނަމުގައި ގިނަ ބަޔަކު އެކި ކަހަލަ ކެއުންތައް ތައްޔާރު ކޮށްގެން ކައި ހަދަ އެވެ. ބައެއް ފަހަރު މިއީ އުނދަގުލަކަށް ވެސް އޮންނަނީ ވެފަ އެވެ. އެފަދަ މީހުންނަށް އޮތް އުފާވެރި ހަބަރަކީ ފަސޭހައިން ލިބެން ހުންނަ ގުދުރަތީ ކެއުންތަކުން ވެސް ސަރުބީ ވިރުވައިދީ ބަރުދަން ހިއްކާލާ ކަމެވެ.

ފޮނިތޮށި

މިއީ ސެލްތަކަށް ގްލުކޯޒް ނެގުމުގައި އެހީތެރިކަން ފޯރުކޮށްދީ، އެކަން އަވަސް ކޮށްދޭ އެއްޗެކެވެ. އޭގެ ސަބަބުން ސަރުބީ ރައްކާ ކޮށްދޭ ހޯމޯން ކަމަށްވާ އިންސުލިންގެ އަސަރު ކުޑަވެ އެވެ.

ރީނދޫ

ދާއިމީ ބަލިތަކުން ދުރުހެލިކޮށް ދިނުމުގެ އިތުރުން ރީނދޫ އަކީ އިންސާނާގެ ހަށިގަނޑުގައިވާ ފެޓް ސެލްތައް ވިރުވައިދޭ އެއްޗެއް ވެސް މެއެވެ.

ކޮޕީ ފަތް

އެއް ޖޯޑު ކޮޕީ ފަތުގައި 10 ގްރާމް ފައިބަ އެކުލެވިގެންވެ އެވެ. އޭގެ ސަބަބުން ލިވާގައި ހުންނަ ވިހަތައް ނައްތާލައި ހަށިގަނޑުގައި އާ ފެޓް ސެލްތައް އުފެދޭ މިންވަރު ކޮންޓްރޯލް ކޮށްދެ އެވެ.

ޗިއާ ސީޑްސް

އޮމެގާ-3 ފެޓްސް، ފައިބާ އަދި ޕްރޮޓީން އެކުލެވިގެންވާ ޗިއާ ސީޑްސްއަކީ މެޓަބޮލިޒަމް އަވަސްކޮށްދީ ބަނޑުހައިވާ މިންވަރު ވެސް ކުޑަކޮށްދޭ އެއްޗެކެވެ.

އެވޮކާޑޯ

މިއީ ހަށިގަނޑުގައި ސަރުބީ ރައްކާތެރިކޮށްދޭ ހޯމޯންތަކާ ދެކޮޅަށް ހަނގުރާމަކުރުމުގައި ސެލްތަކަށް އެހީތެރިވެދޭ މޭވާއެކެވެ. މީގެ އިތުރުން އެވޮކާޑޯއަކީ މެޓަބޮލިޒަމް އަވަސްކޮށްދީ ހަކަތަ ހިފަހައްޓައިދޭ ސެލްތައް ރައްކާތެރިކޮށްދޭ އެއްޗެކެވެ.