ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސަލްމާން ޚާން އާއި ސޮނާކްޝީ ސިންހާ ސިއްރުން ކައިވެނިކުރިކަމުގެ ހަބަރުތަކެއް ފެތުރިއްޖެ އެވެ.
ފަހަކަށް އައިސް އިންޑިއާގެ ގިނަ ނޫސްތަކުން ފެނިގެންދަނީ އެއް ހަބަރެކެވެ. އެއީ ސަލްމާނާއި ސޮނާކްޝީ މިހާރު ސިއްރުން ކައިވެނިކޮށްފި ކަމަށް ބުނާ ހަބަރެވެ. އޭގެ އިތުރުން ސަލްމާނާއި ސޮނާކްޝީ ކައިވެނިކޮށްފި ކަމަށް ބުނާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދަނީ އާންމުވަމުންނެވެ.
ކައިވެންޏާ ގުޅިގެން އެދެ ފަންނާނުން ވެސް އެ ވާހަކަތައް ދޮގުކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ހަބަރުތަކަކީ ތެދު ހަބަރެއް ކަމަށް ވެސް ސަލްމާނާއި ސޮނާކްޝީ ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.
ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކަމަށްވާ ކެޓްރީނާ ކެއިފްގެ ކައިވެންޏަށްފަހު ގިނަ ބަޔަކު ދަނީ ސަލްމާނަށް ފާޑުކިޔަމުންނެވެ. އެހެންނަމަވެސް އެ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު އޭނާ ވަނީ ދާދި ފަހުން ބިގް ބޮސްގެ ގްރޭންޑް ފިނާލޭގެ ޝޯގައި ކެޓްރީނާ އަށާއި، ވިކީ އަށް ކައިވެނީގެ މަރުހަބާ ކިޔާފަ އެވެ.
މުވައްޒަފެއް ޒަހަމް ވުމުން ކްރިސްއަށް ޖޫރިމަނާގެ އަދަބެއް!
"ފައިނޭންޝަލް އިންކްލޫޝަން" އެވޯޑު އެމްއައިބީ އަދި އެލައިޑަށް
އައްޑޫން 3 ވަނަ ޑްރަގް ކެފޭ ބަންދުކޮށްފި
