އެމީހެއްގެ ކިޑްނީގެ އެންމެ 20 ޕަސެންޓް ރަގަޅަށް މަސައްކަތްކުރާ ނަމަވެސް ދުޅަހެޔޮ ދިރިއުޅުމެއް އުޅެވިދާނެ އެވެ. ތިމާ މާބޮޑު ކަމަކަށް ނުހަދާ ދޫކޮށްލާ ނުވަތަ ބޮޑު މައްސަލައެއް ކަމަށް ނުބަލާ އާއްމުކޮށް ކުރާ ކަންކަމުގެ ސަބަބުން ކިޑްނީ ބައްޔަށް މެދުވެރިވެ އެވެ.

ގިނައިން ހަކުރު ހިމެނޭ ބާތައްތައް ބޭނުން ކުރުމުން ކިޑްނީގައި މައްސަލަ ޖެހެ އެވެ. ހާއްސަކޮށް ހަކުރު ސޯޑާ އަދި ފިޒީ ބުއިންތަކުގެ ފަދަ ތަކެތިން ކިޑްނީއަށް ބޮޑެތި އަސަރުތަކެއް ކުރެ އެވެ. އޭގެތެރޭގައި އަހަރެމެން އާންމުކޮށް ބޭނުން ކުރާ ކޯކު އަދި ރެޑްބުލް ފަދަ ތަކެތި ހިމެނެ އެވެ. މާގިނައިން މިފަދަ ބުއިންތައް ބޭނުން ކުރުމުން ކުޑަކަމުދާ ތަކެތީގައި ހިމެނޭ ޕްރޮޓީންގެ ބައި މަދުކޮށްލަ އެވެ. މިއީ ކިޑްނީގައި މައްސަލަ އުޅޭކަމުގެ އަލާމާތެކެވެ.

ކިޑްނީއަކީ އަހަރެމެންގެ ހަށިގަނޑުގައި ހިމެނޭ ލޭ ސާފު ކުރުމުގެ މައި މަރުކަޒެވެ. މިއީ ކިޑްނީއާ ނުލާ އަހަރެމެންނަށް ނޫޅެވޭނެ އެންމެ ބޮޑު އެއް ސަބަބެވެ. އެހެންނަމަވެސް ގިނައިން ދުންފަތުގެ އިސްތިއުމާލް ކުރާ މީހަކާއި ނުކުރާމީހެއްގެ ކިޑްނީގެ މަސައްކަތް މިކަމުގައި ވަރަށް ތަފާތެވެ. ދުވާލަކު ދެ ސިގަރޭޓް ބޯ ނަމަވެސް ލޭ ހޮޅިތައް ބައްދާލާ ލޭދައުރު ކުރާ މިންވަރު ލަސްކޮށް ކިޑްނީ މައްސަލަތަކަށް އޮތް ފުރުސަތު ދެގުނަވެ އެވެ.

ހަށިގަނޑުގައި މެގްނީސިއަމް މަދުވުމުންވެސް ކިޑްނީގައި މައްސަލަ ޖެހެ އެވެ. ބޭނުންވާ ވަރަށް މެގްނީސިއަމް ހަށިގަނޑުގައި ނެތްނަމަ ކިޑްނީއަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ކެލްސިއަމް ލިބުމުން ކިޑްނީގައި ހިލަ އުފެދެން ދިމާވެ އެވެ. އެހެން ކަމުން ގިނައިން ފެހިކަންގަދަ ފަތް، ތަރުކާރީ އަދި ބީންސް ކެއުމުގައި ހިމަނާށެވެ.

ބޭނުންވާ ވަރަށް ފެން ނުބޮވުން މިއީ ކިޑްނީ މައްސަލަތައް ޖެހުން އެންމެ އާންމު ސަބަބެވެ. ސަބަބަކީ ހަށިގަނޑުން ފެން ބޭރުވާ މިންވަރަށް ފެން ނުބޮވޭ ނަމަ ކިޑްނީ މަސައްކަތް ކުރަން ބޭނުންވާ މިންވަރަށް މަސައްކަތެއް ނުކުރެވޭތީ އެވެ. އެހެންކަމުން ދުވާލަކު މަދުވެގެން 8 ތަށި ފެން ބުއިމާއެކު ރަނގަޅަށް ކަސްރަތު ކުރުންވެސް އެއިީ މުހިއްމު ކަމެކެވެ.