ކިތަންމެ ދުވަހުން ވިޔަސް ބޭއިންސާފުގެ މައްޗަށް އިންސާފު ކުރި ހޯދާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު ޓުވިޓާގައި ވިދާޅުވެފައި ވަނީ، މިއަދު އިއްޔެއަކަށްވެ، މާދަމާ މިއަދަކަށް ވާނެކަމީ ޔަގީންކަމެއް ކަމަށެވެ. އިންސާފާ ހަގީގަތް ކިތަންމެ ދުވަހުން ވިޔަސް ހީލަތާ، ދޮގާ، މަކަރާ، ބޭއިންސާފު އަދި އަނިޔާވެރިކަމުގެ މައްޗަށް ކުރި ހޯދާނެކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު މިހެން ވިދާޅުވީ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) މަގާމުން ވަކިކޮށް، ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނިކޮށެވެ.
އަސްއަދަށް ހުކުމްކުރީ، އަލީ ވަހީދަށް ދައުވާކޮށްފައިވަނިކޮށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޖާމިނުވުމަށްފަހު އަލީ ވަހީދު ރާއްޖެ ގެނެސްދޭނެ ކަމަށް ވެފައިވާ އިގުރާރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުމުގެ ސަބަބުންނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގެ ޝަރީއަތުގައި 72 ގަޑިއިރުތެރޭގައި މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ދައުވާ އުފުލާފައިވާ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ކްރިމިނަލް ކޯޓުން އަސްއަދަށް އަމުރު ކުރި އެވެ. އެހެންނަމަވެސް އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދެވިފައި ނުވާއިރު، އަސްއަދަށް ވަނީ ޖާމިނުވުމަށް ސޮއި ކުރި އިގުރާރާއި ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި މަގާމުން ވަކިކުރުމުގެ އިތުރުން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.
ސަރުކާރުގެ ރަސްމީ ދަތުރެއްގައި އަސްއަދު ށ. އަތޮޅަށް ވަޑައިގެންފައިވާއިރު، ކޯޓުގެ ހުރުމަތް ކަނޑާލިކަމަށް ހުކުމްކުރީ، އަސްއަދު ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވި ނަމަވެސް ކޯޓަށް ހާޒިރު ނުވުމުގެ ސަބަބުންނެވެ. އަސްއަދު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.
އަންހެނުން ތަކަކާއި ތިމާ ބެހިފައި އަނިޔާވެރިވާކަމަށް މިވަނީ އެމީހުންނަށް އިންސާފު ހޯދައިދޭން އުޅޭފަރާތްތަކެވެ. އިންސާފު ހޯދަން އުޅޭމީހާ މިހުންނަނީ ފިލައިގެންގޮސް އަތުނުޖެހޭ ހިސާބުގައެވެ. އިންސާފު ހޯދަން ނިކަން އައިސްބަލާށެވެ. ތިމާ ބެހުނު މީހުންނާ ޝަރީއަތުގައި ކުރިމަތިލާބަލާށެވެ.
ފޮނި ކެޑުމަށްވުރެ ތައުބާ ވުންރަނގަޅު