މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު މަދުވާން ފެށުމުން، ބޭރަށް ނުކުމެ އުޅުން މަނާ ވަގުތު ރޭގަނޑު 12:00 ން ފަތިހު 4:00 އަށް މިރެއިން ބަދަލުކޮށްފި އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން މިދިޔަ ކުރީކޮޅުން ފެށިގެން މަދުވާން ފެށުމުން ވަނީ ލުއިތަކެއްދީފަ އެވެ. އެގޮތުން ބޭރަށް ނުކުމެ އުޅުން ރޭގަނޑު 11:00ން ފަތިހު 4:00 އާ ހަމަޔަށް މަނާކޮށްފަ އެވެ. އެ ބަދަލު ގެނައުމުގެ ކުރިން ހަމަޖައްސާފައި އޮތީ ރޭގަނޑު ބޭރުގައި އުޅެވޭނީ 10:00 ން ފެށިގެން ފަތިހު 5:00އާ ދެމެދު ކަމަށެވެ.
އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން އަދިވެސް މަނާވާނެ ކަމަށެވެ. އަދި އެއްފަހަރާ 15 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗަށް ނުކުމެ އެއްވެ އުޅުން މަނާވާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެ އެވެ.