ޓީވީ އެކްޓަރު ކިޝޯރީ ޝަހާނޭ ވިޖް ދުއްވި ކާރު އެކްސިޑެންޓް ވެއްޖެ އެވެ.

ޓީވީން ސިލްސިލާކޮށް ގެނެސްސިން "ޖުމް ހެ ކިސީކޭ ޕްޔާރު މޭ"ގައި ފެނިގެންދާ އެކްޓަރު އެކްސިޑެންޓް ހިނގީ މުމްބާއީ ކައިރީގައި އޮންނަ ޕަވްނާ ލޭކް ކައިރިންނެވެ.

އިންސްޓަގްރާމްގައި އޭނާ ހިއްސާކުރި ފޮޓޯއެއްގައި އެ ކާރު، ބޮޑު ޓްރަކަކާ އެކްސިޑެންޓުވެފައިވާ ތަން ފެނެ އެވެ. އަދި އެކަމުގެ ސަބަބުން ކާރަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނު ކަމަށް އޭނާ ބުނެފައިވެ އެވެ.

ނަމަވެސް ކާރަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް ކާރުގައި ތިބި މީހުންގެ ފުރާނަ ސަލާމަތްވި ކަމަށް ކިޝޯރީ ވަނީ ބުނެފަ އެވެ. އެ ޕޯސްޓަށް ކޮމެންޓް ކުރަމުން އޭނާގެ ފޭނުން ވަނީ، އެ މީހުން ސަލާމަތްވުމުން އެކަމާ ޝުކުރުކުރާ ކަމަށް ބުނެފަ އެވެ.

https://www.instagram.com/p/CZlxSo3L25N/

ކިޝޯރީ މިވަގުތު ކުޅެމުން ދަނީ "ގުމް ހެ ކިސީކޭ ޕްޔާރު މޭ"ގައި ބްހަވަނީ ޗާވަންގެ ރޯލެވެ. ނަމަވެސް ހިންދީ ސީރިއަލްތަކުގައި އޭނާ އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދާފައިވަނީ "ޝަކްތީ- އަސްތިތްވަކޭ އެހެސާސްކީ" އިންނާއި، އިޝްކުމެ މަރްޖާވާންގެ އިތުރުން ގަރް އެކް މަންދިރް އިންނެވެ.