ކުޅު ހަމަކީ ކެއުން ރަނގަޅުނޫން އެއްޗެކޭ ބުނާއަޑު އެތައް ފަހަރަކު އިވިފައި ވާނެ އެވެ. އޭގައި ހަށިގަނޑު ފަލަކޮށްދޭ ސަރުބީ ހުންނަ ކަމަށާއި ކޮލެސްޓްރޯލާއި ކުކުޅު ހަމުގެ ސަބަބުން ލޭގެ ޕްރެޝަރު މައްޗަށްދާ ކަމަށާއި ހިތުގެ ބަލިތަކަށް މަގުފަހި ކުރާކަމަށް ބުނެ އުޅުނެވެ.

ނަމަވެސް ދާދި ފަހުން ކުރި ދިރާސާއަކުން މިވަނީ މިއީ މުޅިން ކުށްހީއެއް ކަމަށް ސާބިތު ކޮށްދީފަ އެވެ. ކުކުޅުގެ ހަން މެދު މިންވަރަކަށް ކެއުމަކީ ސިއްހަތަށް ގެއްލުންހުރި ކަމެއް ނޫން ކަމަށް ހާވާޑް ޔުނިވަސިޓީގެ ސިއްހީ މާހިރުން ބުނެފައިވެ އެވެ.

ކުކުޅު ހަމުގައި އެކުލެވެނީ އަންސެޗުރޭޓަޑް ފެޓް އެވެ. އެއީ ހިތުގެ "ރަހްމަތްތެރި" އެކެވެ. އަންސެޗުރޭޓަޑް ފެޓުން ލޭގެ ޕްރެޝަރު ހަމައަކަށް އަޅުވައިދީ ނުބައި ކޮލެސްޓްރޯލް ލެވެލް ކޮށްދީ ހޯމޯންގެ މިންހަމަ ކޮށްދެ އެވެ. ހަންނޮޅި ކުކުޅަށް ވުރެ ހަމާއެކު ހުންނަ ކުކުޅުގެ ކޮލެސްޓްރޯލް މިންވަރު ވަކި މައްޗެއް ނޫނެވެ.

މީރުކޮށް ކުކުޅު ކާލަން ބޭނުންނަމަ ހަމާއެކު ހުންނަ ކުކުޅު ޚިޔާރު ކުރާށެވެ. މީގެ ކުކުޅުގެ ރަހަ ހެޔޮވަރު ކުރަން ވަކި އިތުރަށް ލޮނު އަޅާކަށް ނުޖެހޭނެއެ ވެ. ލޮނަކީ ސިއްހަތަށް ރަނގަޅު އެއްޗެއް ނޫނެވެ. ވީމާ ލޮނު ބޭނުންކުރާ ވަރު ވީހާ ވެސް މަދު ކުރެވޭނީ ހަމާއެކު ކުކުޅު ބޭނުންކޮށްގެންނެވެ.

ގަދަ ގިނީގައި ކުކުޅު ކައްކާއިރު އެއަށް ވަރަށް ގިނައިން ތެޔޮ ވަންނާނެ އެވެ. ހަމާއެކު ހުންނަ ކުކުޅަށް ތެޔޮ ވަނުން މަދުވާނެ އެވެ. ވީމާ ކެއްކުމުގައި ހަން ނުނޮޅައި ހުންނަ ކުކުޅު ބޭނުން ކުރާށެވެ.

ކުކުޅުގެ ހަން ބާކީކޮށްލި ޒަމާން މާޒީވެ ހިނގައްޖެ އެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ ކުކުޅު ހަމުގައި އޮމެގާ 3 އަށްވުރެ އޮމެގާ 6 ގިނަ ވާނެކަމެވެ. ވީމާ ކުކުޅު ހަން މާގިނައިން ކައިފިނަމަ ހަންގަނޑުން ފިތްނެގުން އެކަށީގެންވެ އެވެ. މެދު މިންވަރަކަށް ކެއުން މުހިންމު ވަނީ މިހެން ވެގެންނެވެ.