ޔޫކްރެއިންގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ތެރެއިން ބައެއް ދަރިވަރުން އެނބުރި ރާއްޖެ އަންނަން ފަށައިފި އެވެ.

ޔޫކްރެއިންގައި ތިބި ކިޔަވާ ކުދިން އަންނަން ފަށާފައިފަނީ ރަޝިޔާއާއި ޔޫކުރައިނުގެ މެދުގައި ހަނގުރާމައިގެ ބިރުވެރިކަން އިތުރު ވުމާގުޅިގެންނެވެ،

ހާރިޖީވުޒާރާއިން މައުލޫމާތު ދިން ގޮތުގައި ޔޫކުރައިނުގައި ތިބި ދިވެހިކިޔަވާކުދިންގެ ތެރެއިން ކަރްކީވްގައި ތިބީ ތިރީސް ފަސް ކުދިންނެވެ. އޭގެ ތެރެއިން އެއް ކުއްޖަކު މިހާރުވަނީ ރާއްޖެ އައިސްފަ އެވެ. އެ ދަރިވަރުންގެ ތެރެއިން 5 ދަރިވަރަކު މިހާރު ރާއްޖެ އައިސްފައިވާކަމަށާއި، 25 ދަރިވަރުން ރާއްޖެއައުމަށް މިއަދު ފުރާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި ކަރްކީވް ސަރަޙައްދުގައި މިވަގުތު ތިބީ އެންމެ 5 ދަރިވަރުންކަމަށާއި، އެ 5 ދަރިވަރުން އެ ސިޓީ ދޫކޮށްދިއުމަށް ތައްޔާރުވަމުންދާއިރު، އެ ދަރިވަރުން ރާއްޖެގެނައުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ މައުލޫމާތުދެ އެވެ.

މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އިތުރަށް ޔޫކުރައިނާއި އެންމެ ކައިރީގައި ހުންނަ ދިވެހި އެމްބަސީކަމަށްވާ ޖަރުމަނު އެމްބަސީން ޔޫކުރައިނުގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ.