އެމްޑީޕީގެ ބައެއް މެމްބަރުން އުޅެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރު ވައްޓާލަންކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް(މަވޯޓާ ޝަރީފް) ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރ. ދުވާފަރު ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އެމްޑީޕީގެ މެންބަރެއް ކަމަށްވާ އަހުމަދު އާމިރު ވަކިކުރުމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާ އިން ރައިސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ނިންމެވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެމްޑީޕީ ވެރިކަން ކުރާ ސަރުކާރުގައި އެމްޑީޕީ ހިމެނޭއިރު އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން މިއަދު މަަސައްކަތް ކުރައްވަނީ އިދިކޮޅު ޕާޓީއަކުން މަޖިލީހުގައި މަސައްކަތް ކުރައްވާ ގޮތަށް ކަމަށެވެ.
"މަޖިލީހުގައި އިދިކޮޅު ޕާޓީގެ ރޯލު ވެރިކަން ކުރާ ޕާޓީން އަދާކުރުމަކީ ކަންބޮޑުވާ ކަމެއް. ބިރުވެރި ކަމެއް. ނުރައްކާތެރި ކަމެެއް. އެއީ ސަރުކާރު ވައްޓާލަން ހިންގާ ޖަރީމާއެއް ކަން އަޅުގަނޑު މިދަންނަވަނީ ވަރަށް ކެރިގެން،. އެއީ ރައީސުލްޖުމްހޫރިއްޔާއަށް ދޭ އުދުވާނީ ހަމަލާއެއް. ވެރިކަން ކުރަން އޮތް ހަނި ފުރުސަތު ނަގާލުމަށް އަޅުގަނޑުމެން ވެރިކަން ކުރާ ޕާޓީން އަޅުގަނޑުމެންގެ ޕާޓީ ތަމްސީލުކުރައްވާ ރައީސުލްޖުމުހުރިއްޔާގެ އަތާއި ފައި ބުރިކޮށްލަން މި ކުރާ ނޭއްގާނީ މުޑުދާރު އަމަލު ހަރު އަޑުން ކުށްވެރިކުރަން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޯމަތިވެފައިވާއިރު މި އިންތިހާބުގެ ފޯރިގަދަވެ، ވާދަވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން އެތެރޭގައި ދެ ފެކްޝަން އުފެދި މިހާރު އުފެދިގެން އުޅެނީ ދެ ފެކްޝަންގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމެވެ.
ޗެއާޕާސަންގެ މަގާމަށް މާފަންނު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހްމީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާދަކުރައްވާއިރު، އިމްތިޔާޒް ވާދަކުރައްވަނީ ރައީސް ނަޝީދުގެ ފެކްޝަނުންނެވެ.
ފައްޔާޒް ވާދަކުރައްވަނީ ރައީސް ސާލިހުގެ ފެކްޝަނުންނެވެ. މި ދެބޭފުޅުންގެ ތެރެއިން ޝަރީފް ތާއީދު ކުރައްވަނީ ފައްޔާޒަށެވެ.
ޝަރީފަކީ އެމްޑީޕީއަށް ހުރި ހަލާކެއް