ކަރްކީވް (01 މާޗް) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއިން ކަރްކީވްއަށް މިއަދު ދިން ރޮކެޓް މިސައިލް ހަމަލާތަކުގައި 10 މީހަކު މަރުވެ އިތުރު 35 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ޔޫކްރެއިންގެ އިދާރާތަކުން ބުނެފި އެވެ.

ޔޫކްރެއިންގެ އިންޓީރިއާ މިނިސްޓްރީގެ އެޑްވައިޒަރު އެންތޮން ހެރަޗެންކޯ ވިދާޅުވީ ވެއްޓުނު އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮދިމީރް ޒެލެންސްކީ ވަނީ މަދަނީ އިމާރާތްތަކަށް އަމާޒުކޮށް ރަޝިއާއިން ދެމުންދާ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ސިފަ ކޮށްފަ އެވެ.

މަދަނީ އިމާރާތްތަކާއި ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ޔޫރަޕިއަން ޔޫނިއަންގެ ބައިނަލްއަގްވާމީ ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށް އެޖަމާއަތުގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފަ އެވެ.

"މަދަނީ ސަރަހައްދުތަކަށް ހަމަލާ ދިނުމަކީ ހަނގުރާމައިގެ އުސޫލުތަކުގެ ބޭރުން ހިންގާ ޖަރީމާއެއް،" އޭނާ ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ ހަނގުރާމައިގައި ޔޫކްރެއިންގެ ގިނަ އަދަދެއްގެ އާއްމުން ވަނީ މަރުވެފަ އެވެ. -- އަލް އަރަބިއްޔާ