ކޮވިޑް ޖެހިގެން 45 އަހަރުގެ އަންހެނަކު މިއަދު މެންދުރު މަރުވެއްޖެ
އެޗްޕީއޭ އިން ބުނީ ކޮވިޑް ޖެހިގެން މިއަދު މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ކޯވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ. މިއީ މިބަލީގައި ރާއްޖެއިން މަރުވި 41 ވަނަ މީހާ އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން މިއަދު މަރުވި މީހާއަކީ ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ.
މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 33 ދިވެހިންނާއި 8 ބިދޭސީން މަރުވެފަ އެވެ.
ކޯވިޑް 19 ބަލީގައި ރާއްޖެއިން އެންމެ ފަހުން މީހަކު މަރުވެފައި ވަނީ މިމަހުގެ 8 ވަނަ ދުވަހު އެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން ކަށަވަރުވެފައި ވަނީ މަރުވި ފަހުން ނެގި ސާމްޕަލަކުންނެވެ.
ރާއްޖޭގައި ކޯވިޑް 19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 12،000 އަށް ވުރެ އިތުރުވެފަ އެވެ.
ޔޫއްޕެ ބަލިކޮށް ޕީއެންސީ ޕްރައިމަރީ އަދީމް ކާމިޔާބު ކޮށްފި
ބުރަކޮށް އުޅެން ޖެހުނަސް ސިއްހަތަށް އިހުމާލު ނުވާތި!
މާ ގިނައިން އާ ފުރުމަކީ އިންޒާރަކަށް ވެދާނެ!
