ބޮލީވުޑްގެ މަޝްހޫރު ފަންނާނު އާލިޔާ ބާޓް، ހޮލީވުޑްގެ ފިލްމެއް ކުޅެން ހަމަޖެހިއްޖެ އެވެ.

އާލިޔާ ހޮލީވުޑްގެ ފިލްމެއް ކުޅެން ހަމަޖެހިފައިވާއިރު، މިއީ އޭނާ ހޮލީވުޑް ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

ހޮލީވުޑްގައި އާލިޔާ ކުޅޭ އެންމެ ފުރަތަމަ ފިލްމުގައި އޭނާއާ އެކީގައި ހޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ގަލް ގެޑޮޓް ވެސް ފެނިގެންދާނެ އެވެ. އާލިޔާ ކުޅޭ ފިލްމަކީ ޓޮމް ހާޕާ ޑައިރެކްޓުކޮށްގެން ނެޓްފްލިކްސްއިން ދެއްކުމަށް ހަމަޖެހިފައިވާ ސްޕައި ތްރިލާ ހާޓް އޮފް ސްޓޯން އެވެ.

މުޅިން އަލަށް ބޮލީވުޑްގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މި ފަންނާނު ހޮލީވުޑުން ފެނިގެންދާއިރު، އާލިއާގެ މި ފިލްމަކީ ގިނަ ބަޔަކު އިންތިޒާރުކުރާނެ ފިލްމަކަށް ވެގެންދާނެ އެވެ.

އާލިޔާ އެންމެ ފަހުން ފެނިފައި ވަނީ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކާތިއާވާޑީ" އިންނެވެ. އަދި އެ ފިލްމު ހިޓްވެފައިވާއިރު، ފިލްމު ރިލީޒްވިތާ ހަފްތާއެއްގެ ތެރޭގައި 100 ކްރޯރު ރުޕީސްއަށް މާކު އަރާފަވެ އެވެ.