މާލޭގައި އިންޑިއާ ފިރިހެނަކު އޭނާގެ އަނބިމީހާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި އަނބިމީހާއަށް ހަމަލާދިނީ އޭނާ ނިދާފައި އޮއްވައިކަން ހާމަވެއްޖެ އެވެ.
މިދިޔަ މަހުގެ ދެވަނަ ދުވަހު ފުލުހުން މައްސަލަ ތަހުގީގުކޮށްފައިވާއިރު، އަނބިމީހާއަށް ހަމަލާ ދިނުމާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރިނިވަސަން ސުބްރަމަނި ނަމަކަށް ކިޔާ އިންޑިޔާއަށް ނިސްބަތްވާ މީހެކެވެ.
އޭނާގެ އަނބިމީހާއަށް ވަޅި ހެރީ އޭނާ ސިޓިން ރޫމުގައި ނިދާފައި އޮއްވާކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މި މައްސަލައިގެ ދައުވާ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގަ އެވެ.
އަނިޔާ ލިބުނު އަންހެން މީހާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން އަންހެން މީހާ ވަރަށް ބޮޑަށް ޒަހަމްވެފައިވާ މަންޒަރު ވެސް ފެނެ އެވެ. އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް، އޭނާގެ ފޫކޮޅުގެ މަސްގަނޑާ ދިމާލަށް ހަރާފައިވާ ވަޅި ނުނައްޓަ އެވެ.
ފުލުހުންގެ އެހީތެރިކަމާއެކު އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް، ފަރުވާދީފައިވަނީ އައިޖީއެމްއެޗުގައި އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ވެސް އިސްތިއުފާ ދެއްވައިފި
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް
ރައީސް މުއިއްޒު ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރަނީ

ސުބުރަމަނި މަނިކައްގަނޑު ސުރީދަރަން މި ކަހަލަ ނަންނަން ކިޔާ އާލާތުންނާ އަހަރުމެން މުސްލިމުން އިނީމަ ވާގޮތް ތިޔަ ފެންނަނީ