ކީވް (14 މާޗް) - މިހާރު ކުރިއަށްދާ ޔޫކްރެއިން- ރަޝިއާ ހަނގުރާމައިގައި ޔޫކްރެއިންގެ ވެރިރަށް ކީވްގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިއްޖެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މިއަދުގެ ހެނދުނުން ފެށިގެން ކީވްގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު ދަނީ އިވެމުންނެވެ.

ބޮޑަށް ބެލެވޭ ގޮތުގައި މި ގޮވުންތަކަކީ ރަޝިއާގެ ވައިގެ މިސައިލްތަކަށް ރައްދު ދިނުމުގެ ގޮތުން ޔޫކްރެއިންގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުން ގޮވި ގޮވުންތަކެކެވެ.

މި ގޮވުންތަކަށް ފަހު ކީވްގެ ޖައްވުގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ހަނގުރާމައިގައި ބަދަލު ކުރެވެމުންދާ ހަމަލާތަކުން ހަމަލާއެއް ކީވްގެ މަދަނީ އިމާރާތަކަށް އަމާޒުވެ ދެ މީހަކު މަރުވެފައި ކަމަށް ޔޫކްރެއިނުގެ އިދާރާތަކުން މިއަދު ހެނދުނު ވަނީ ބުނެފަ އެވެ.

މި އިމާރާތަށް ހަމަލާ އަމާޒުވުމާއެކު އިމާރާތުގައި ދިރިއުޅޭ 60 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށް ރައްކާތެރި ހިސާބުތަކަށް ވަނީ ގެންދެވިފަ އެވެ.

އެމެރިކާގެ އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުން ރަޝިއާގެ އަސްކަރިއްޔާއިން ވަނީ ކީވްއާ 25 ކިލޯމީޓަރަށް ކައިރިވެފަ އެވެ. – ސީއެން އެން