ލިޕްސްޓިކްއަކީ އެއާނުލާ މިހާރު މީހާގެ ހެދުން ފުރިހަމަ ނުވާ އެއްޗަކަށް މިވަނީ ވެފަ އެވެ. ޒުވާން އަންހެން ކުދިންގެ ދަބަހުގައި އަބަދުވެސް އޮންނަ ލިޕްސްޓިކްއަކީ ގަވާއިދުން ބޭނުންކުރާ ނަމަ އޭގެ ނޭދެވޭ އަސަރު ތުންފަތަށް ކުރާނެ ކަމެކެވެ.
މަޝްހޫރު ބައެއް ބްރޭންޑްތަކުގެ ލިޕްސްޓިކްތަކުގައި ގިނަ މިންވަރަކަށް ލެޑް ހުންނަކަމަށް އެމެރިކާގެ އެފްޑީއައިއިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ.
ތަހްލީލުތަކުން މިގޮތަށް ހާމަކޮށްފައިވާއިރު އެ މާއްދާއަކީ އިންސާނުންގެ ތުންފަތުގައި ހޭކުމަށް ރަނގަޅު ނޫން މާއްދާއެއް ކަމަށް ވަނީ ބުނެފަ އެވެ.
އެހެން ކަމުން ގިނަ އިރު ވަންދެން ނުވަތަ މާ ގިނައިން ލިޕްސްޓިކް ބޭނުންކުރުމަކީ މޫނުގައި ނުވަތަ ތުންފަތް ކައިރީގައި ބިހި ނެގުން އަދި ތުންފަތުގެ އެކި ތަންތަންކޮޅުގައި ފޮޅު ނެގުމުގެ އިތުރުން އަނގައިގެ އެކި އެކި މައްސަލަތައް ކުރިމަތިކުރުވާ ކަމެއް ކަމަށް އެފްޑީއައިގެ ދިރާސާއިން ވަނީ ދައްކުވައިދީފަ އެވެ.
ތަޖްރިބާކަރުން ބުނެފައިވަނީ ރީތިވާ ސާމާނު ނުވަތަ ލިޕްސްޓިކެއް ގަތުމަށް އާދަވެފައިވާ ގޮތަށް ގިނައިރު ނުކޮށް ލިޕްސްޓިކް ފިލުވުމަށް ވެސް މުހިންމު ކަމެއް ދޭންޖެހޭ ކަމަށެވެ.
މީގެ އިތުރުންވެސް މަރުވެފައިވާ ހަންކޮޅު ކޮޅު ވަކިކުރުމަށް ކޮކޯ ބަޓާރ ފޮމިއުލާ އަދި ލިޕް ބާމް ފަދަ އެއްޗިއްސަކީ ބޭނުންކުރުމަށް އެންމެ ރަނގަޅު އެއްޗިހިކަމަށްވެސް ކަމާއި ބެހޭ ތަޖުރިބާކާރުން ވިދާޅުވެ އެވެ.