ކޮންޓެކްޓް ލެންސްއަކީ މިހާރަކަށް އައިސް ގިނަ ބަޔަކު ބޭނުންކުރާ އެއްޗެކެވެ. އެހެން ނަމަވެސް މިއީ ކިހާ ނުރައްކާތެރި އެއްޗެއްކަމާއި އަދި އެދެވޭ ގޮތަށް ބޭނުންނުކޮށްފި ނަމަ މިއީ ކިހާ ގެއްލުންދެނިވި އެއްޗެއްކަން ގިނަ ބަޔަކަށް އޮންނަނީ ނޭނގިފަ އެވެ.

ކޮންޓެކްޓް ލެންސްއަކީ ނިދާއިރު ބޭނުންކުރުމުން މައިކްރޯބިއަލް ކެރަޓައިޓިސް ނަމަކަށްކިޔާ ބެކްޓީރިއާއެއް ލޮލުގައި އުފެދެން މެދުވެރިވާ އެއްވެކެވެ. މި ސަބަބަށްޓަކައި ޑޮކްޓަރުން ދަނީ މިގޮތަށް އަމަލު ނުކުރުމަށް ކެނޑިނޭޅި އިރުޝާދު ދެމުންނެވެ.

މީގެ އިތުމުރުން ބޭނުންކުރާ ލެންސްގެ ވައްތަރުގެ ސަބަބުންވެސް މި ބެކްޓީރިއާ އުފެދެން މެދުވެރިވާކަމަށް ޑޮކްޓަރުން ބުނާއިރު ބަރާބަރަށް ބަދަލުކުރަން ޖެހޭ ދުވަހުން ބަދަލުނުކޮށް ބޭނުންކޮށްފި ނަމަވެސް ލޮލަށް ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ.

ލެންސް އާއި ބެހޭގޮތުން ބޮޑެތި ދިރާސާތަކުގައި ބައިވެރިވެފައިވާ ލޮލުގެ ސާޖަންއެއްކަމުގައިވާ ޑރ. ޖޯން ޑާޓް ވަނީ ލެންސްގެ ސަބަބުން ދިމާވާ މި މައްސަލައަކީ ވަރަށްވެސް ސީރިއަސް މައްސަލައެއް ކަމަށް ބުނެ ލެންސް ސާފުނުކޮށް އަދި ވަގުތަށް ބަދަލުނުކުރާ އަދި ލެންސް ލައްވައިގެން ނިދާ މީހުންނަށް މިއީ ދިމާވުން ވަރަށް ގާތްކަމެއްކަމަށް ކިޔައިދީފަ އެވެ.

އެހެން ކަމުން ލެންސް ބޭނުން ކުރުމުގައި މިކަންކަމަށް ފަރުވާތެރި ވުމަށް ގާތް އެންމެންނަށް ނަސޭހަތް ދޭށެވެ.