ސ. ހިތަދޫގެ ކޮސްމެޓިކްސް ވިއްކާ ފިހާރައަކަށް މޫނު ނިވާކޮށްގެން ހުރި މީހަކު ވަދެ ވަޅިން ބިރުދައްކައި ފޭރިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި އައްޑޫގެ ފިހާރައަކަށް އެ މީހާ ވެދެ ވަޅިން ބިރު ދައްކާފައިވަނީ މިއަދު މެންދުރު 3:04 ހާއިރު އެވެ.
ފޮތިގަނޑަކުން މުޅި މޫނު ނިވާކޮށްގެން ހުރި އޭނާ ފުރަތަމަވެސް ފިހާރައަށްވަދެ އެތަނުގައި ތިބި ދެ އަންހެން ކޭޝިއަރުނަށް ވަޅިން އިޝާރާތްކޮށް ދުރަށް ޖެހުމަށް ބުނެ އެވެ. އަދި އެ ކުދިން ދުރަށް ދިއުމުން ވަތްގަނޑުން ގިނަ އަދަދެއްގެ ރުފިޔާ ހިފައިގެން އޭނާ އަވަސް އަވަހަށް ނިކުމެގެންދާތަން ފެނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އޭނާ މި ހަފްތާ ތެރޭގައި ފައިސާތަކެއް ފޭރުނު ތިންވަނަ ފިހާރަ އެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ގެއްލިގެން ހޯދި މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ
"ދުރަންދަރް 2"،"ޕުޝްޕާ"އާއި "ބަހޫބާލީ" ވެސް ފަހަތަށް ޖައްސާލައިފި
ކާރިސާ ކޮމިޓީގެ މެންބަރުންގެ އަދަދު ފަހަކަށް މަދުކޮށްފި
