އޮސްޓްރޭލިއާގެ ރެޗާޗެ އައިލެންޑްސް ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށް ކަމަށްވާ މިޑްލް އޮންނަ ލޭކް ހިލިއާރ ފެންގަނޑަކީ އެތަނުގެ ގުދްރަތީ ރީތިކަމުގެ ސަބަބުން އެތަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެތަކެއް އުފާވެރިކަމަކާއި ހިތްހަމަޖެހުމެއް ގެނެސްދޭ އާދަޔާޚިލާފް ފެންގަނޑެކެވެ.
މި ފެންގަނޑުގެ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ އަޖައިބުކުރުވާކަމަކީ އެ ފެންގަނޑުގެ ކުލަޔަށް އަންނަމުންދާ ރީތި ފިޔާތޮށި ކުލަ އެވެ. ލޭކް ހިލިއާ ފެންގަނޑުގެ ކުލަ މުޅި އަހަރު ތެރޭގައި ވެސް ބަދަލު ނުވެ އޮވެ އެވެ.
މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ވެސް މި ފެންގަނޑުގެ ކުލައަށް ބަދަލެއް ނާންނައިރު ބައެއް ސައިންސްވެރިން ވަނީ މި ފެންގަނޑުގައިވާ ސެލިނިޓީ ލެވެލް މަތިވުމަކީ ފެންގަނޑުގެ ކުލަ އެގޮތަށް ފެންނާނެ ސަބަބެއް ކަމަށް ލަފާ ކޮށްފަ އެވެ.
އެއާއެކު ބައެއް ސައިންސްވެރިން ބުނެފައިވަނީ ޑިއުނަލިއެލާ ސަލިނާ ނަމަކަށްކިޔާ އަލްގޭގެ ބާވަތަކާއި ފިޔާތޮށި ކުލައިގެ ބެކްޓީރިއާއެއްކަމުގައިވާ ހޭލޯބެކްޓީރިއާގެ ސަބަބުން މި ފެންގަނޑުގެ ކުލަ ފިޔާތޮށި ކުލައަށް ބަދަލުވެފައިވާ ކަމަށެވެ.
1802 ވަނަ އަހަރު ހޯދުނު މި ފެންގަނޑު ވެފައިވަނީ އޮސްޓްރޭލިއާގެ އެންމެ މަޝްހޫރު އަދި ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކަށެވެ.
ލޭކް ހިލިޔާގެ އިތުރުން ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިޔާތޮށި ފެންގަނޑުތައް ވަނީ ފެނިފަ އެވެ.