އިންސާނުންގެ ލެއިން ފުރަތަމަ ފަހަރަށް މައިކްރޯ ޕްލާސްޓިކްގެ މާއްދާތައް ފެނިފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
އޮސްލޯގައި ހެދި ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުން ލޭގެ ސާމްޕަލް ތަހުލީލް ކުރެވުނު މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންގެ ލޭގައި މައިކްރޯ ޕްލާސްޓިކްގެ އަސަރު ހުއްޓެވެ.
ނޭވާލާ ނިޒާމުގެ ތެރެއިންނާއި ކެއިންބުއިމުގެ ތެރެއިން ހަށިގަނޑުގެ ތެރެއަށް މައިކްރޯ ޕްލާސްޓިކްގެ އެތިކޮޅުތައް ވަންނަ އިރު މި މާއްދާތަކުން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރު ހޯދަން އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށް ސައިންސްވެރިން ބުނެ އެވެ.
މައިކްރޯ ޕްލާސްޓިކްއަކީ ހަމަ ލޮލަށް ނުފެންނަ ކުދި ކުދި އެތިކޮޅު ކޮޅަށްވީއިރު މި އެތިކޮޅުތައް ހަށިގަނޑުގެ ތެރެއަށް ވަނުން ހުއްޓުވަން އުނދަގޫވާނެ އެވެ،
މި ދިރާސާއާއެކު މައިކްރޯޕްލާސްޓިކް މާއްދާތައް އިންސާނުންގެ ހަށިގަނޑަށް ވަދެ ސިއްހަތަށް ގެއްލުން ކުރުވާ ކަމަށް ސައިންސްވެރިން ބުނަމުން އައި ވާހަކަތަކަށް އިތުރު ބާރެއް ލިބުނީ އެވެ.
ކޮންމެ އަހަރަކު 3000 ޓަނަށްވުރެ ގިނަ ޕްލާސްޓިކް ކުނި ދުނިޔޭގައި އުފައްދާއިރު އޭގެ ބޮޑު ޕަސެންޓެއް ދަނީ ކަނޑަށެވެ. ނަތީޖާއަކަށް ވަނީ ޖަނަވާރުންނަށާއި އިންސާނުންނަށްވެސް މީގެ ނުރައްކާ ބޮޑު ވުމެވެ.