ބެއިޖިންގް (27 މާޗް) - މިދިޔަ ހޯމަ ދުވަހު ވެއްޓުނު ޗައިނާ އީސްޓަން އެއާލައިންސްގެ އެމްޔޫ 5735 ފްލައިޓްގެ ތަހުލީލުތަކުން ގޮވާ ޒާތުގެ އެއްވެސް މާއްދާއެއް ފެނިފައި ނުވާ ކަމަށް ޗައިނާގެ ސިވިލް އޭވިއޭޝަނުން ބުނެފި އެވެ

އެގޮތުން ފްލައިޓްގެ 66 ސާމްޕަލްއިން ހެދި ލެބޯޯޓްރީ ތަހުލީލުތަކުންވެސް ބޯޓު ވެއްޓެން މެދުވެރިވީ ގޮވާ ޒާތުގެ އެއްޗެއްގެ ސަބަބުން ނޫންކަމަށް ބާރު އަޅާ ކަމެށް އިދާރާ ތަކުން ބުނެ އެވެ.

ފްލެއިޓް ވެއްޓުނު ސަރަހައްދުން ބޯޓުގެ ކޮކްޕިޓް ޓްރާންސްމީޓަރެއް ފެނިފައި ވީނަމަވެސް ކަޅުފޮށި އަދި ވަނީ ނުފެނި އެވެ. ހޯދުނު ޓްރާންސްމީޓަރުން ވެސް ތަހުގީގަށް ބޭނުންވާ މުހިއްމު މައުލޫމާތުތަކެއް ލިބޭނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

ޗައިނާގެ ހުޅަނގުގެ ވޫޒޫ ނަމަކަށް ކިޔާ ސަރަހައްދުން ދަތުރު ކުރަމުން ދަނިކޮށް އެމްޔޫ 5735 ވެއްޓުނީ 29000 މަތިން ސީދާ ތިރިއަށް ބޯޓުގެ މިސްރާބު ބަދަލުވެގެން ކަމަށް އޭވިއޭޝަން މާހިރުން ވިދާޅުވެ އެވެ.

ބޯޓުން ދަތުރުކުރި 123 ފަސިންޖަރުންނާއި ނުވަ ކުރޫންނާއެކު ޖުމްލަ 132 މީހުން މަރުވެފައިވާއިރު މީގެ ތެރެއިން 120 މީހެއްގެ ހަށިގަނޑު މިހާތަނަށް ވަކި ކުރެވިފައިވާ ކަމަށް ޗައިނާއިން ބުނެ އެވެ.

ބޯޓު ވެއްޓުނު ސަރަހައްދު ކިސަޑުކަމުން މީހުން ހޯދުމުގައި ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށާއި ސަލާމަތުން އެއްވެސް މީހަކު ފެނުމުގެ ފުރުސަތު ކުޑަވީ އެހެންވެ ކަމަށް ރެސްކިއު ޓީމުތަކުން ބުނެ އެވެ.

މި ހާދިސާއަކީ ފަހުގެ ތާރީހެއްގައި ޗައިނާގައި ހިނގި އެންމެ ބޮޑު އަދި އެންމެ ހިތާމަވެރި އޭވިއޭޝަން ހާދިސާ އެވެ. -- އަލް އަރަބިއްޔާ