ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީ ފިރިހެން ދަރިފުޅު އަހާން ޝެޓީ، އޭނާގެ ލޯބިވެރިޔާގެ ފޮޓޯއެއް އާންމުކޮށްފފި އެވެ.
އަހާންގެ އިންސްޓަގްރާމުގައި އޭނާގެ ލޯބިވެރިޔާގެ ފޮޓޯއެއް އާންމުކޮށްފައިވާއިރު، އަހާން އެ ފޮޓޯ އާންމުކުރީ އޭނާގެ ލޯބިވެރިޔާ ތާނިޔާ ޝްރޮފްގެ އުފަންދުވަހާ ގުޅިގެންނެވެ.
އެ ފޮޓޯގައި އަހާން އާއި ތާނިޔާ އެކީގައި ތަނެއްގައި އިޝީންދެލައިގެން އިންނަ މަންޒަރު ފެނެ އެވެ. ފޮޓޯގައި އަހާން ކެޕްޝަން އަކަށް ލިޔެފައިވަނީ "މައި ބާތްޑޭ ގާލް" އެވެ.
ކުރިއަރަމުން އަންނަ ތަރިއެއްގެ ގޮތުގައި ސިފަކުރާ އަހާން ބޮލީވުޑަށް ޑެބިއުޓް ދީފައިވަނީ ފިލްމު "ތަޑަޕް" އިންނެވެ. އެފިލްމުގައި އަހާންގެ ރޯލު ކުޅަދާނަކަމާއެކު ކުޅެދިނުމުން ގިނަ ބައެއްގެ ތައުރީފު އަހާން އަށް ވަނީ ލިބިފަ އެވެ.
އޭނާ އެންމެ ކުޅޭހިތްވަނީ އޭނާގެ ބައްޕަ ސުނިލް ކުޅުނު ފިލްމު ތަކުގެ ރިމޭކްގައި ބައްޕަގެ ރޯލުތައް ކަމަށް އޭނާ ބުނެފައިވެ އެވެ.
"7 ޑޯގްސް"އާއެކު ސަލްމާން ބައިނަލްއަގްވާމީ ސްކްރީނަށް!
ދިދަ ނެގުމާއެކު ގައުމީ ދުވަހުގެ ހާއްސަ ހަރަކާތްތައް ފަށައިފި
މިއަދު މެންދުރު ފަހުން ފެށިގެން ވިއްސާރަ އަލިވާން ފަށާނެ: މެޓް
