ރަންބީރު ކަޕޫރާއި އާލިއާ ބަޓްއަކީ ބޮލީވުޑްގައި މި ވަގުތު އެންމެ ނަން މަޝްހޫރު އެއް ޖޯޑެވެ.

ދެ ތަރިން ލޯބީގެ ގުޅުމުގެ ވާހަކަތައް ސޯޝަލް މީޑިއާއާއި އާންމުންގެ ތެރޭގައި ދެކެވޭއިރު، ދެ ތަރިން ކައިވެނި ކުރާނެ ދުވަހަކަށް އާންމުން ދަނީ އިންތިޒާރު ކުރަމުންނެވެ.

ދެ ތަރިންގެ ފޭނުން ކުރަމުން އަންނަ ދިގު އިންތިޒާރަށް ނިމުމެއް ގެންނަ ފަދަ އިޝާރާތެއް އެ ދެ ތަރިން ވެސް ކޮށްފައިވާއިރު، ރަންބީރު ބުނީ، އެ ދެ ތަރިން ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށެވެ.

އެކަމާ ގުޅިގެން ދެ ތަރިންގެ ފޭނުން ވެސް ވަނީ ސޯޝަލް މީޑިއާގައި އެވާހަކަތައް ދައްކާފަ އެވެ. އަދި އެ ދެ ތަރިން އޭޕްރިލް މަހުގެ ދުވަހެއްގައި ކައިވެނި ކުރާނެ ކަމަށް ވަނީ އަޑުފެތުރިފަ އެވެ. ނަމަވެސް ރަންބީރު ވަނީ ދެ ތަރިން ކައިވެނި ކުރާ ތާރީހު މީޑިއާތަކާ ހިއްސާ ކުރަން ބޭނުން ނުވާކަމަށް ބުނެފަ އެވެ.

ނަމަވެސް ރަންބީރު ބުނިގޮތުގައި އާލިއާ އާއި ރަންބީރު މިހާރު ދަނީ ކައިވެނި ކުރުމަށް ނިންމަން ޖެހޭ ހުރިހާ ކަމެއް ނިންމަމުންނެވެ.