އަލަށް އާބާދުވާން ފަށާފައިވާ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ އިތުރު މިސްކިތެއް މިއަދު ހުޅުވައިފި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ހުޅުވީ، އެސަރަހައްދުގައި އިމާރާތް ކޮށްފައިވާ މަސްޖިދުލް އުސްމާން ބިން އައްފާން އެވެ.
އެގޮތުން އެ މިސްކިތުގައި އެއްފަހަރާ 600 މީހުންނަށް ނަމާދު ކުރެވެ އެވެ. އަދި އެ މިސްކިތުގައި އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދު ކުރެވޭ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެ އެވެ.
މަސްޖިދުލް އުސްމާން ބިން އައްފާން އާއެކު ވަގުތީގޮތުން ނަމާދުކުރުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިވަގުތު ދެ މިސްކިތެއް އެބަހުއްޓެވެ. މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ އެވެ.
މި މަޝްރޫއުގެ މަސައްކަތަކީ 3.1 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.
މިސްކިތް އިމާރާތްކުރުމަށް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ ހަވާލުކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.
އީރާނުން އެއްބަސްވުމަކަށް ނައިސްފިނަމަ، ހަނގުރާމަ ފަށަން ތައްޔާރު
ކުޑަކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ބަލަނީ
"ހިމޭން އަޑު" ގެ ނަމުގައި ހާއްސަ ޓީވީ ޕްރޮގްރާމެއް ފައްޓައިފި
